މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދައުވަތު - އިންޑިވިޖުއަލް ކޮންސަލްޓަންޓް (ނެޝަނަލް)

ދިވެހިރާއްޖެ،

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓްP177040

ގްރާންޓް ނަންބަރު : E047-MV

މަސައްކަތުގެ ބާވަތް: ސިސްޓަމް ޕެނެޓްރޭޝަން ޓެސްޓިންގ ކުރާނެ ކޮންސަލްޓެންޓެއް ހޯދުމަށް  

MV-MoECCT-DMADD-361688-CS-INDV: ރިފަރެންސް ނަންބަރ

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ވޯލްޑް ބެންކްގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓަށް ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ އިންޑިވިޖުއަލް ކޮންސަލްޓަންޓެއްހޯދުމަށް ބޭނުންވެއެވެ.

މި ކޮންސަލްޓެންސީއަށް ހޮވޭ ފަރާތުގެ މަސައްކަތަކަށްވާނީ ޑީމެޑް ޕްރޮޖެކްޓްގެ ކޮމްޕޯނަންޓް 2.2 ގެ ދަށުން ޑީ.އެން.އާރްގެ ނެޓްވޯކް އިންފްރާސްޓްރަކްޗާރ އާއި ސިސްޓަމްތަކާއި އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ ޕޯސްޗާ ދެނެގަތުމަށް ކޮމްޕްރެހެންސިވް ޕެނެޓްރޭޝަން ޓެސްޓިން އެކްސަސައިޒެއް ކުރިއަށް ގެންދިއުމެވެ. މި އެސެސްމަންޓުގައި ސިމިއުލޭޓެޑް އެޓޭކްތައް ދިނުމާއި، މުޅި ނިޒާމުގައި ހުރި ވަލްނަރަބިލިޓީޒް ދެނެގަތުމާއި، ހޯދުންތަކާ ގުޅޭ ތަފްސީލީ ރިޕޯޓްތައް ފޯރުކޮށްދިނުމާއި، ރިމެޑިއޭޝަންތަކާއި ރިކޮމެންޑޭޝަންތައް ދިނުން ހިމެނެއެވެ. މައިގަނޑު އަމާޒަކީ މުޅި ސިސްޓަމްގެ ސެކިއުރިޓީ ޕޮސްޗާ އާއި ރިސިލިއެން ވަރުގަދަކުރުމެވެ.

މި މިނިސްޓްރީގެ ފަރާތުން މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ތައުލީމީ ފެންވަރާއި ތަޖުރިބާގެ ޝަރުތުތަކަކީ:

  1. ސައިބަރ ސެކިއުރިޓީ/ ކޮމްޕިއުޓަރ ސައިންސް/ ކޮމްޕިއުޓަރ ސެކިއުރިޓީ/ ނެޓްވޯކް ސެކިއުރިޓީ ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން ބެޗްލާރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއިއެކު، ސައިބަރ ސެކިއުރިޓީ/ ކޮމްޕިއުޓަރ ސައިންސް/ ކޮމްޕިއުޓަރ ސެކިއުރިޓީ/ ނެޓްވޯކް ސެކިއުރިޓީ ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން މަދުވެގެން 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  2. އިންޑަސްޓްރީ އިން ގަބޫލުކުރާ ޓްރަސްޓަޑް ސައިބަރ ސެކިއުރިޓީ އެސެސްމަންޓް ސަރޓިފިކޭޝަން މުވައްސަސާއަކުން ދޫކޮށްފައިވާ، ސައިބަރ ސެކިއުރިޓީއާއި އަދި އިންޑަސްޓްރީގައި ބޭނުންކުރާ ސްޓޭންޑަޑް ތަކާއި ބެސްޓް ޕްރެކްޓިސަސް ގެ މައުލޫމާތާއި ހުނަރު ހުރިކަން ޔަގީންކޮށްދޭ ފެންވަރެއްގެ ވެލިޑް ސަރޓިފިކޭޝަނެއް އޮތުމާއެކު، ސައިބަރ ސެކިއުރިޓީ / ކޮމްޕިއުޓަރ ސައިންސް / ކޮމްޕިއުޓަރ ސެކިއުރިޓީ / ނެޓްވޯކް ސެކިއުރިޓީ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  3. ޕްރީ އައިޓީ ސެކިއުރިޓީ ޕެނިޓްރޭޝަން ޓެސްޓިން އެންޑް އޮޑިޓް އެސްޕީރިއަންސް: ކޮންސަލްޓަންޓަކީ އައިޓީ ސެކިއުރިޓީ އޮޑިޓް ހެދުމުގެ ދާއިރާގައި މެދުމުކެނޑި ފާއިތުވީ ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތަކަށް ވުން. މި ތަޖުރިބާ ތެރޭގައި ކޮމްޕްލައިންސް އަދި ބެޑެތި ކުންފުނިތަކުގެ ސައިބަރ ސެކިއުރިޓީގެ ނުރައްކާތަކާއި ނާޒުކު ކަންކަން ދެނެގަނެ އެކަން ހައްލުކުރުމުގެ ޤާބިލުކަން ހުރުން.    

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ޝައުގުވެރިކަން ފާޅުކުރުމުގެ ސިޓީ
  • ކަރިކިއުލަމް ވީޓާ (ވަޒީފާއަށް ގުޅނު މަހާއި އަހަރު އަދި ކެނޑުނު މަހައި އަހަރު ސާފުކޮށް އެގޭނެހެން ބަޔާންކުރުން)
  • ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ކޮޕީ
  • ޕޮލިސް ކްލިޔަރެންސް ސެޓްފިކެޓް
  • އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ
  • ވަޒީފާގައި އުޅުނުކަމުގެ ލިޔުން (އަދާ ކޮށްފައިވާ މަސްއޫލިޔަތާއި އެ މަސްއޫލިއްޔަތު އަދާ ކޮށްފައިވާ މުއްދަތު އެނގޭނެހެން)

މި ކޮންސަލްޓެންސީ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޮވާނީ "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސްގެ ފަސްވަނަ އެޑިޝަން، ސެޕްޓެންބަރު 2023" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

މި ކޮންސަލްޓެންސީއާއި ގުޅޭ އިތުރު މަޢުލޫމާތު މި ދަޢުވަތާ އެކީގައި ޝާއިޢު ކުރެވިފައިވާ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބް ސައިޓްއިން  www.environment.gov.mv ލިބެންހުންނާނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 2024 އޭޕްރިލް 25 ވަނަ ދުވަހު ގަޑިން 10:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

 

ޕްރޮޖެކްޓް މެނޭޖަރ

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑިސެންޓަރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް،

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ،

ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ،

ކަލާފާނު ހިނގުން، މާލެ 20064، ދިވެހިރާއްޖެ.

[email protected]އީމެއިލް:

ވެބްސައިޓް: www.environment.gov.mv

ފޯނު ނަންބަރު: 3302253

26 މާރިޗު 2024
ހޯދާ