މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ލިޔުމެއްކަން ކަށަވަރުކޮށް މުއައްސަސާތަކުން ތައްގަނޑުޖެހުން ހުއްޓާލުމާ ގުޅޭ

2016 ވަނަ އަހަރުން ފެށިގެން އެމް.ކިޔު.އޭ އިން "ލޯކަލް ވެލިޑޭޝަން" (ރާއްޖޭގައި ހިންގާ ރާއްޖޭގެ ކޯސްތަކުގެ ސަނަދުގައި ތައްގަނޑުޖެހުން.) ހުއްޓާލުމާ ގުޅިގެން އެކިއެކި މުއައްސަސާތަކުން އަންނަނީ، ލޯކަލް ޕްރޮގްރާމްތައް ފުރިހަމަކުރުމުން ދޭ ލޯކަލް ސަނަދުތައް ވެލިޑޭޓްކޮށް ދަރަޖަކުރަމުންނެވެ. އެގޮތުން ވަޒީފާއަށް އެދި ހުށަހަޅައި ފަރާތްތަކުން ހުށަހަޅަމުން އަންނަ ލޯކަލް ސެޓްފިކެޓްތަކުގައި ("މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ލިޔުމެއްކަން ކަށަވަރު ކުރެވިފައި") މި ގޮތަށް ބަޔާންކޮށް މުއައްސަސާތަކުން އަންނަނީ ތައްގަނޑުޖަހައި ސޮއި ކުރަމުންނެވެ.

 

ނަމަވެސް، 25 މާރޗް 2024 (ހޯމަ) ފެށިގެން މަތީގައި ދެންނެވިގޮތަށް ބަޔާންކޮށް މުއައްސަސާތަކުން ތައްގަނޑުޖަހާ ސޮއި ކުރުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. އަދި ސަނަދުގެ ސައްޙަކަން ކަށަވަރު ކުރުމުގެ ގޮތުން، މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކުރަމުން އަންނަ ކޯސް ނިންމި ކަމުގެ ލިޔުން ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ވަޒީފާއަށް އެދޭ ލިޔެކިޔުންތަކާއެކު މުއައްސަސާތަކަށް ހުށަހެޅިދާނެއެވެ. އަދި ދަންނަވަމެވެ. ހުށަހަޅާފައިވާ އެއްވެސް ލިޔުމަކާ ގުޅިގެން އެއްވެސް ސުވާލެއް އުފެދިއްޖެ ހާލަތެއްގައި ވަޒީފާއަށް އެދި ހުށަހެޅި އޮފީހަކުން އެމް.ކިޔު.އޭ އަށް އެ ސަނަދާއި އެ ސަނަދާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމުން އެކަން ކަށަވަރުކޮށް އެމް.ކިޔު.އޭ އިން އެ އޮފީހަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ވުމާއެކު، މިކަން ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

25 މާރިޗު 2024
ހޯދާ