މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އީކޮމާރސް އޮފިސަރ - ތ.ގުރައިދޫ ޕޯސްޓް އޮފީސް

 ވަޒީފާގެ ފުރުޞަތު

މަޤާމް :

ސީނިއަރ އީކޮމާރސް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރައާއި އެލަވަންސް:

  1. މުސާރަ: މަހަކު 6500/- ރުފިޔާ ( ހަހާސް ފައްސަތޭކަ ރުފިޔާ)
  2. ސަރވިސް އެލަވަންސް: މަހަކު 3000/- ރުފިޔާ (ތިން ހާސް ރުފިޔާ)
  3. ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
  4. އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ

އޮފީސް :

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ޔުނިޓް :

ގުރައިދޫ (ތ.އަތޮޅު)

ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:

  • ޖީ.ސީ.އީ  އޭލެވެލް އިން ބިޒްނަސް މާއްދާއިން  ފާސްވުމާއިއެކު ދިވެހި، އަދި އިގިރޭސިން ފާސްވެފައިވުން ނުވަތަ
  • ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމު ހާސިލްކޮށްފައިވުމާއި އެކު  މަސައްކަތު ތަޖްރިބާ ލިބިފައިވުން

 

މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް

 

  • އަތޮޅު އަދި ރަށުފެންވަރުގައި ތަކެތި އުފައްދާފަރާތްތައް ދެނެގަނެ، އެފަރާތްތަކަށް ޕޯސްޓުގެ އީ-ޓުކުރި ކޮމިއުނިޓީ އޮންލައިން ޝޮޕްއާއި ބެހޭ މައުލޫމާތުދިނުމާއި އެފަރާތްތައް ކޮމިއުނިޓީ އޮންލައިން ޝޮޕްއަށް އޮންބޯޑުކުރުމުގެ މަސައްކަތްކުރުން.
  • ރަށު ކައުންސިލްތަކާއި ރަށްރަށުގެ އެކި މުއައްސަސާ ޖަމްއިއްޔާ، ކޯޕަރޭޓިވްސްތަކާއި ބައްދަލުކޮށް އީޓުކުރީގެ ޙިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި އެކުގައި މަސައްކަތްކުރެވޭނެ ކަންކަން ދެނެގަތުން. އަދި އެފަރާތްތަކާއި ރަގަޅު ބަދަހި ގުޅުންގާއިމް ކުރުމަށް މަސައްކަތް ކުރުން
  • ކޮންމެ ރަށެއްގައިވެސް ގާއިމް ކުރެވިފައިވާ ކޮމިއުނިޓީ އޮންލައިންޝޮޕް މެނޭޖްކޮށް އަދި އަތޮޅު ޕޯސްޓް އޮފީސްތަކުގެ ފަރާތުން އީޓުކުރީގެ  އެންމެހައި އޮޕަރޭޝަންތަށް ބެލެހެއްޓުން

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • އިޖުތިމާއީ ކަންކަމުގައި ރަށު އަދި އަތޮޅު ފެންވަރުގައި މަސައްކަތް ކޮށްފައިވުން
  • ރަށުންބޭރުގައި ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން
  • ދަތުރުފަތުރު ކުރެވޭފަދަ ޞިއްޙީ ޤާބިލްކަން ހުރުން
  • ޕްރެޒެންޓޭޝަން ސްކިލްސްހުރުމާއެކު އިނޮވެޓިވް ސްކިލްސްހުރި ފަރާތަކަށްވުން
  • މައިކްރޯސޮފްޓް އެކްސެލް  އަދި ޕަވަރޕޮއިންޓް ބޭނުންކުރަން އެގުން
  • ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
  • ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން
  • އެކިއެކި ފަރާތްތަކާ މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
  • ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަ ކުރެވޭނެ ފަރާތަކަށްވުން

 

ރަސްމީ މަސައްކަތު ގަޑި:

  • ހެނދުނު 08:00 އިން 15:00 އަށް  

ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް

  • ވަޒީފާއަށްއެދޭ ފޯމް
  • ވަނަވަރު (ސީވީ)
  • އައިޑީ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)  
  • ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)  

** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.

  • ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

މށިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 31 މާރިޗް 2024ވާ އާދިއްތަ ދުވަހުގެ  16:00 ގެ ކުރިން، [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

 

ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 31 މާރިޗް 2024ވާ އާދިއްތަ ދުވަހުގެ 14:00 އާ ހަމައަށް  ގުރައިދޫ (ތ.އަތޮޅު) އިން ބަލައިގަންނާނެއެވެ. 

 

**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

އިންޓަވިއު:

އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދޭނެ ގޮތް:

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
  • މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ރަސްމީގަޑީގައި 7924894 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
25 މާރިޗު 2024
ހޯދާ