ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ހަޔަރ އިންޓެލިޖެންސް އޮޕަރޭޝަންސް އޮފިސަރ ގްރޭޑް 1
ބޭނުންވާ އަދަދު :1

ޕޭ ގްރޭޑް: PG06

މުސާރަ: 

- އަސާސީ މުސާރަ:  -/8،000 ރުފިޔާ

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2,700 ރުފިޔާ

- ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ 35 އިންސައްތަ): -/2,800 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވަގެން މަހަކު (އަސާސީ މުސާރައިގެ 60 އިންސައްތަ): -/4,800 ރުފިޔާ

- ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ޕްރޮފެޝަނަލް އެލަވަންސް (އަސާސީ މުސާރައިގެ 15 އިންސައްތަ): -/1،600  ރުފިޔާ

- ފުޑް އެލަވަންސް: ދުވާލަކަށް -/160 ރުފިޔާ

- ބޭސްފަރުވާކުރުން

މަޤާމުގެ ޝަރުތު:

- ކްރިމިނޮލޮޖީ، ކްރިމިނަލް ޖަސްޓިސް، ލޯ، ލޯ އެންފޯސްމަންޓް، މެނޭޖްމަންޓް، ސޯޝަލް ސައިންސް، ސައިކޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ފޮރެންސިކްސް، ފޮރެންސިކް އެކައުންޓިންގ، ސްޓެޓިސްޓިކްސް، ޕޮލިޓިކަލް ސައިންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 09 ގެ ސަނަދެއް ހާޞިލުކޮށްފައިވުން،

- ހަވާލުކުރެވޭ މަސައްކަތް ފުރިހަމައަށް އަދާކުރެވޭފަދަ ޤާބިލްކަން އިންޓަރވިއުގައި ނުވަތަ ދެވޭ ޓެސްޓަކުން ސާބިތުކޮށްދިނުން.

- މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއްކަމުގައިވުން،

- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާ ޙީލަތް، މަސްތުވާ ތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރުދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކުކަމުގައި ނުވުން،

- ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާއެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށްނުވުން.

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ ފަރާތެއް ކަމުގައި ނުވުން.

- މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ކުރެވޭ އިންޓަރވިއު، ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުމާއި، އަދި ދެވޭ މެޑިކަލް އެގްޒަމިނޭޝަނުންނ ފާސްވުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

- ރާއްޖޭގެ ކުށުގެ މާހައުލާގުޅޭ ދިރާސާ ކުރުމަށް ނުވަތަ އެފަދަ ގުޅުންހުރި އެނަލިސިސް ހެދުމަށް އަމިއްލަ ޝައުޤު ހުރި މިންވަރު.

- ދިވެހިބަހާއި އިނގިރޭސިބަހުން މުޢާމަލާތުކުރަން އެނގޭ މިންވަރު.

- އެކިއެކި ޓޫލްސް ބޭނުންކޮށްގެން ޑޭޓާ އެނަލައިސް ކުރުމަށް ޝައުޤުހުރި މިންވަރު.

- މައިކްރޯސޮފްޓް އެކްސެލް ބޭނުންކޮށްގެން ޑޭޓާ ޕްރޮސެސް ކުރަން އެނގޭ މިންވަރު.

- އުނދަގޫ އަދި ހައި ޕްރެޝަރ މާހައުލު ތަކުގައި ގުޅިގެން މަސައްކަތްކޮށް، ނަތީޖާ ނެރުމުގެ ރޫހު ހުރުން.

- އެންމެ މަތީ ދަރަޖައަށް ޕާރސަނަލް އިންޓެގްރިޓީ އާއި ޕްރޮފެޝަނަލިޒަމް ހުރުން.

- އަނގަބަހުން ޕްރެޒެންޓް ކުރަން އިނގޭ މިންވަރު.

- މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:  މާލެ 

ޢާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި: ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރި ފަރާތެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2024 އޭޕްރިލް 14 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ. އަދި ރަމަޝާން މަހު ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 11:00 އިން 13:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

14 ރަމަޞާން 1445

24 މާރިޗު 2024
ހޯދާ