ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކަންދޫ ކައުންސިލް އިދާރާ ގޯތިތެރޭގައި ގަރާޖެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

                 މިކައުންސިލުން ދޭ މަޢުލޫމާތައި އެއްގޮތަށް ކައުންސިލް އިދާރާ ގޯތިތެރޭގައި ގަރާޖެއް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

                ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުމަށް ދަންނަވަނެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން އިޢުލާން ގެޒެޓް ކުރެވޭ ތާރީޙުން ފެށިގެން 2024 މާރޗް 28 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭފޯމް ފުރުއްވައި މި އިދާރާގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ރަސްމީގަޑީގައި މި އިދާރާއިން ފޯމް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. އަދި މި މަސައްކަތާގުޅޭ މަޢުލޫމާތު ކަރުދާސް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލް ކުރެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

             ބީލަން ހުޅުވުން އޮންނާނީ 2024 އޭޕްރިލް 17 ވާ ބުދަ ދުވަހުގެ 10:00 ގައި ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ، ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލް މެދުވެރިކޮށް ފޮނުއްވާ ބީލަންތައް ބަލައި ނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ބީލަން ހުށަހަޅަން ވެރިފަރާތް ނޫން އެހެން ފަރާތަކުން ހާޒިރުވާނަމަ އިޢުތިރާޒެއްނެތް ކަމުގައި ލިޔުން ހުށަހަޅަން ވާނެއެވެ. މި ބީލަމުގައި ބައިވެރި ވެވޭނީ ޤާނޫން ނަމްބަރު 18/2014 "ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން" އަދި 19/2014 " އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫން" ގެ ދަށުން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

                       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

25 މާރިޗު 2024
ހޯދާ