ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއަށް ކެމެރާ ލެންސެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

  1. ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއަށް ކެމެރާ ލެންސެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބެނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 27 މާރިޗު 2024 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.

 

  1. މި ބީލަމާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

 

  1. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

  1. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 02 އެޕްރީލް 2024 ވާ އަންގާރަ ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމްގައެވެ.

 

 

 

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލަކު ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862830، 6862829

  އީމެއިލް: [email protected]

21 މާރިޗު 2024
ހޯދާ