ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހިންގުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމުތަކުގައި އެކްސްޓާނަލް ޓްރެއިނަރުންގެ ގޮތުގައި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ޕޫލެއް އެކުލަވާލުން

 

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހިންގުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމުތަކުގައި އެކްސްޓާނަލް ޓްރެއިނަރުންގެ ގޮތުގައި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ޕޫލެއް އެކުލަވާލުން

 

ޕާލިމަންޓަރީ ސަރވިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެކި ދާއިރާތަކުން ހިންގުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމުތަކުގައި އެކްސްޓާނަލް ޓްރެއިނަރުންގެ ގޮތުގައި ކިޔަވައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ޕޫލްގައި ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. ވީމާ، މި އިޢުލާނާ އެކު އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންފޯމް ފުރިހަމަކުރެއްވުމަށް ފަހު [email protected]  އަށް 14 އޭޕްރިލް 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.

ޕާލިމަންޓަރީ ސަރވިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހިންގުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ގޮތުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

  1. ޕާލިމަންޓަރީ ސަރވިސް މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް މި އިދާރާއިން ބޭނުންވެއްޖެނަމަ،  އެ ތަމްރީނު ޕްރޮގްރާމެއް ހިންގައިދިނުމަށް ޝައުޤްވެރިވާ ފަރާތެއް ހޯދުމަށް އެދި ޓްރައިނަރުންގެ ޕޫލްގައި ރަޖިސްޓްރީ ވެފައިވާ  ފަރާތްތަކަށް ފޮނުވޭނެއެވެ.

 

  1. ޝައުޤްވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ކިޔަވައި ދޭނެ ފަރާތްތައް ކަނޑައެޅުމުގައި ބަލާނީ ޝައުޤްވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ކިޔަވައިދިނުމުގެ ތަޖުރިބާއާއި، މަސައްކަތުގެ ތަޖުރިބާއަށާއި، ތަމްރީނު ޕްރޮގްރާމްގައި ހިމަނާފައިވާ އައުޓްލައިންގެ މައްޗަށެވެ. ތަމްރީނު ޕްރޮގްރާމް ހިންގާނެ ފަރާތްތައް ކަނޑައެޅުމުގައި، ޕްރޮގްރާމްތައް ހިންގާފައިވާ ފަރާތްތަކަށް އަލުން ފުރުޞަތު ދިނުމުގައި އެ ފަރާތްތަކުގެ ފީޑްބެކަށާއި، ދީފައިވާ ޚިދުމަތުގެ ފެންވަރުގެ އިތުރުން ގާބިލު އެކިފަރާތްތަކަށް ފުރުޞަތު ދިނުމަށްވެސް އިސްކަން ދެވޭނެއެވެ.

 

  1. ޕާލިމަންޓަރީ ސަރވިސް މުވައްޒަފުންނަށް އަމާޒުކޮށްގެންހިންގާ ތަމްރީމް ޕްރޮގްރާމްތައް އުޞޫލެއްގެ ގޮތުން  އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެއެވެ. ތަމްރީން ޕްރޮގްރާމް ހިންގުމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ.

 

  1. ތަމްރީނު ޕްރޮގްރާމް ހިންގުމުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޮޑަށް އިސްކަންދޭނީ ޓްރެއިނަރުން މި އިދާރާއަށް ހާޒިރުވެގެން ކިޔަވައިދޭ ގޮތަށެވެ.

 

  1. ތަމްރީނު ޕްރޮގްރާމް ހިންގާ ފަރާތްތަކަށް ފީ ގެ ގޮތުގައި މަދުވެގެން ގަޑިއަކަށް -/300ރ އާއި -/350ރ އާ ދެމެދުގެ އަދަދެއްގެ ފައިސާ ދެވޭނެއެވެ.

 

  1. ތަމްރީނު ޕްރޮގްރާމް ހިންގަން ބޭނުންވާ ދުވަސްތަކާއި، ވަގުތާއި، ތަމްރީނު ޕްރޮގްރާމް ހިންގަންވީ ދާއިރާއާއި، ތަމްރީނު ޕްރޮގްރާމްގައި ބައިވެރިކުރާނެ މީހުންގެ އަދަދާއި، ތަމްރީނު ޕްރޮގްރާމްގައި ހޭދަވާނެ ޖުމްލަ ވަގުތު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ. ތަމްރީނު ޕްރޮގްރާމްގައި ކިޔަވައިދޭނެ ވަގުތުގެ ދިގުމިން ކަނޑައެޅުމުގައި އުޞޫލެއްގެ ގޮތުން މި އިދާރާއިން ކަނޑައަޅާނީ މަދުވެގެން 4 ގަޑިއިރު އަދި ގިނަވެގެން 12 ގަޑިއިރަށެވެ.

 

  1. މި އިޢުލާންގައި އެޓޭޗް ކޮށްފައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމުގައި، ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަ ކޮށްފައި ނުވާނަމަ އަދި އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ޑޮކިއުމެންޓްތައް އެޓޭޗްކޮށްފައި  ނުވާނަމަ އެ އެޕްލިކޭޝަން ފޯމެއް ބާތިލު ކުރުމުގެ ފުރިހަމަ އިޚްތިޔާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިބިގެންވެއެވެ.

 

  1. އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ ދާއިރާތަކުގެ އިތުރުން އެހެން ދާއިރާތަކުންވެސް ޓްރެއިނިންގ ހިންގުމުގެ ގާބިލުކަންހުރި ފަރާތްތަކުން، ޕޫލްގައި ބައިވެރިވާން އެދޭނަމަ، އެޕްލިކޭޝަން ފޯމްގެ ޕާޓް-2 ގެ 20 ވަނަ ނަންބަރުގައި ފާހަގަ ޖެއްސެވުމަށް ފަހު ޓްރެއިނިންގ ޕްރޮގްރާމް ހިންގަން ބޭނުންވާ ދާއިރާތަކުގެ ލިސްޓް އެޕްލިކޭޝަން ފޯމާއެކު އެޓޭޗް ކުރެއްވުން އެދެމެވެ.

 

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމު އަދި އެޓޭޗްކުރަންޖެހޭ ލިޔެކިޔުންތައް އީމެއިލް ކުރަންވާނީ ޕީ.ޑީ.އެފް ފޯމެޓްގައި އެއް ފައިލެއްގެ ގޮތުގައެވެ.

 

  1. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 7995753 އަށް މެސެޖްކުރެއްވުން އެދެމެވެ.

 

 

 

24 މާރިޗު 2024
ހޯދާ