ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
64 ވަނަ މެލޭޝިއާ އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ" ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

    މެލޭޝިއާގެ ޑިޕާރޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓުން އިންތިޒާމްކޮށްގެން، 5 އޮކްޓޯބަރ 2024 އިން 12 އޮކްޓޯބަރ 2024 އަށް ކުއާލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 64 ވަނަ މެލޭޝިއާ އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ ގައި ދިވެހިރާއްޖެއިން، އަންހެން އަދި ފިރިހެން ބައިވެރިޔަކު، ބައިވެރި ކުރުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. މި މުބާރާތަށް ހޮވާނީ ބަލައިގެން ކިޔެވުމުގެބަޔާއި ނުބަލާ ކިޔެވުމުގެ ބައިން، ކޮންމެ ބަޔަކުން 1 ބައިވެރިއެކެވެ. އަދި މި މުބާރާތަށް ބައިވެރިން ހޮވުމުގައި ޤައުމީ މުބާރާތަކުން 1 ވަނަ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މުބާރާތުގައިބައިވެރިވުމުގެ ޝަރުޠު

1-      މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައިވާނަމަ ބައިވެރިވިފަހުން 3 އަހަރު ހަމަވެފައިވުން.

2-      މި މުބާރާތުގައި މީގެކުރިން ބައިވެރިވެ މުބާރާތުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.

3-      30 ފޮތް ހިތުދަސް ފަރާތެއް ކަމުގައިވުން. (ނުބަލާ ކިޔެވުމުގެ ބައި)

4-      5 އޮކްޓޯބަރ 2024 އަށް 13 އަހަރު ފުރިފައިވުން.

5-      ޝައިޚް މިންޝާވީ އަދި ޝައިޚް ޢަބްދުލްބާޞިޠުގެ ކިޔެވުމާ އެއްގޮތަށް ޤުރްއާން ކިޔެވޭ ފަރާތަކަށްވުން.

6-      ދިވެހިރައްޔިތެއް ކަމުގައިވުން.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ސިޓީ އާއި ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ އަދި ޤުރްއާން މުބާރާތްތަކުގައި ބައިވެރިވެ، ލިބިފައިވާ ލިޔުންތައް 27 މާރިޗު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މި މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. އީ މެއިލް ކުރައްވަނީނަމަ [email protected] އެޑްރެހަށެވެ. މި މުބާރާތުގައި ބައިވެރިކުރާނެ 2 ބައިވެރިން ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުއެވެ.

24 މާރިޗު 2024
ހޯދާ