ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

އިޢުލާން

 

ތާރީޚް: 24 މާރޗް 2024

ނަންބަރ: (IUL)327-A/327/2024/80

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                        

ތިރީގައި އެވަނީ 21 މާރޗް ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 11 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

1)     ކުޑަކުދިންގެ ޕާކް ތަރައްގީކުރާ ބިމުގައި ބެލެނިވެރިންގެ ހިޔާ ތަރައްގީކުރަމުން އަންނަ އެޗް ވޯކްސް އިން ހުށަހަޅާފައިވާ ސިޓީއާއި ގުޅިގެން އިދާރީ ގޮތުން ހުށަހަޅާފައިވާ މައްސަލާއާއިއެކު އެޗް ވޯކްސް އިން ހުށަހަޅާފައިވާ ސިޓީގައިވާ ކަންކަމަށް ބާރުދޭ އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނުވާތީއާއި ބީލަންހުށަހެޅިއިރު މޮބިލައިޒޭޝަން ޕީރިއަޑް ކަމަށް 3 ދުވަސް ހުށަހަޅާފައިވާތީ، އެ 3 ދުވަހުގެ ތެރޭގައި މި މަސައްކަތަށް ބޭނުންވާ ތަކެތި ސައިޓަށް ޖަމާކުރެވިފައިހުންނަންވާނެ ކަމަށް ނުވަތަ އެކަމާއި ގުޅިގެން މި ތަކެތި ނުލިބޭނަމަ މި މުއްދަތުގެ ތެރޭގައި މަސައްކަތް ހަވާލުކުރި ފަރާތަށް އަންގާފާވާކަމަށް ބާރުލިބޭ އެއްވެސް ލިޔެކިއުމެއް ހުށަހަޅާފައިނުވާތީވެ މުއްދަތު އިތުރުކުރުމަށް ނުފެންނަކަމަށް ނިންމުން.

2)     ޅ. ނައިފަރު ފުޓްސަލް ދަނޑު ސަބްބޭސްގެ މަސައްކަތުގެ މުއްދަތު 21 މާރޗް 2024 އަށް ހަމަވާ އިރު، ފުޓްސަލް ދަނޑަށް އެޅުމަށް ބޭނުންވާ 150 ކިއުބިކްމީޓަރުގެ ވެލި ކޮންޓްރެކްޓަރަށް ފޯރުކޮށް ދެވިފައިނުވާތީ، ޕްރޮޖެކްޓްގެ މުއްދަތުގެ ތެރޭގައި މަސައްކަތް ނުކުރެވި ދިޔަ ދުވަސްތަކުގެ ބަދަލު ހޯދުމަށް ފުޓްސަލް ދަނޑު ސަބްބޭސް މަސައްކަތުގެ ކޮންޓްރެކްޓަރ (ޓީ.އޭ.ސީ ކޮންސްޓްރަކްޝަން) ގެ ފަރާތުންއެދިފައިވާތީވެ މި ފަރާތުން 20 މާރޗް 2024 ގައި ހުށަހަޅާފައިވާ ސިޓީއާއި ގުޅޭ ގޮތުން ބިޑް ކޮމިޓީއަށް ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލާއިރު،  މިއީ އެއްބަސްވުމުގެ 4.5 ވަނަ މާއްދާގައި ބަޔާންކުރާ ކޮންޓްރެކްޓަރ ގެ ބާރު ނުހިނގާ ކަމެއްކަމަށް ފެންނާތީ، މަސައްކަތަށް ބޭނުންވާ ތަކެތި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދެއްވާ ދުވަހުން ފެށިގެން މަސައްކަތް މެދުކެނޑިފައިވާ މުއްދަތުކަމުގައިވާ 73 ދުވަސް އަލުންގުނަން ފަށާ އެއްބަސްވުމުގެ މުއްދަތު ފުރިހަމަކުރުމަށް ފެންނަކަމަށާއި، އަދި އެއްބަސްވުމަށް ބަދަލެއް ގެންނަންޖެހޭނަމަ އިދާރީ ގޮތުން އެމަސައްކަތްކުރިއަށް ގެންދިއުމަށް ފެންނަކަމަށް ނިންމުން.

3)     ޅ. ނައިފަރުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/56 އިޢުލާނާއި ގުޅިގެން އިވެލުއޭޝަން ކޮމިޓީގެ ނިންމުމާއި އެއްގޮތަށް މެއިޓަސް ޓްރޭޑަރސް ޕވޓ ލޓޑ އަށް ބީލަން އެވޯޑްކުރަން ފެންނަކަމަށް ނިންމުން.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                 24 މާރޗް 2024

24 މާރިޗު 2024
ހޯދާ