ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސެކިއުރިޓީ ގާރޑް (ތ.ބުރުނި ބްރާންޗް)

ނަންބަރު:FNK/A/IUL/2024/44   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ތ.ބުރުނި ބްރާންޗަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

ސެކިއުރިޓީ ގާރޑް

މަޤާމު:

01 (އެކެއް)     

ބޭނުންވާ އަދަދު:

ބިލްޑިންގް މެއިންޓެނެންސް 

ޑިޕާޓްމަންޓް:

ތ.ބުރުނި ބްރާންޗް

މަސައްކަތް ކުރަންޖެހޭތަން:

4650ރ. (ހަތަރުހާސް ހަސަތޭކަ ފަންސާސް ރުފިޔާ)

މުސާރަ:

މުސާރައިގެ %45

ސަރވިސް އެލަވަންސް:

މުސާރައިގެ %35

ހާޟިރީ އެލަވަންސް:

މުސާރައިގެ %20

އިތުރުގަޑީގެ އެލަވަންސް:

(ހ) ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން، ނުވަތަ

(ށ) މަޤާމުގެ މަސަތްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، އެސް.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ނ) އުމުރާއި ސިއްޙަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • ޕަވަރ ޖެނަރޭޝަން އާއި އޮފީސް އިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން.
  • ޕަވަރ ޖެނެރޭޝަން އާއި އޮފީސް އިމާރާތް ހިނމެނޭ ގޯތީގައިވާ އެންމެހާ މުދާތައް ރަނގަޅަށް ބެލެހެއްޓުން.
  • ޑިއުޓީގަޑީގައި ގޯތިތެރެއަށް ވަންނަ މީހުންނާއި ވެހިކަލްތައް ރަނގަޅަށް ބެލުން.
  • ގޯތިތެރެއަށްވަންނަ އެއްވެސް ވެހިކަލަކުން ހުއްދަނެތި ތަނުގެ އެއްވެސް އެއްޗެއް ގެންދޭތޯ ރަނގަޅަށް ބަލައި ގެންދާނަމަ އެކަމެއް ހުއްޓުވުން.
  • ޑިއުޓީގަޑީގައި ގޯތިތެރެއާއި މަގުމަތި ސާފުކޮށް ބެލެހެއްޓުމާއި ގޯތިތެރެއަށް ފެންޖެހުމުގެ މަސައްކަތްކުރުން.
  • ގޯތިތެރޭގައިވާ އެއްވެސް އެއްޗެއްގައި އަލިފާނުގެ ޙާދިޘާއެއްފަދަ އިމަޖެންސީ އެއްވެސްކަމެއް ދިމާވެއްޖެނަމަ އެކަން ކަމާއިގުޅޭ މުވައްޒަފުންނަށް އަންގައި އެކަންޙައްލުކުރުމަށް މަސައްކަތްކުރުން.
  • ރަށުގެ އެއްވެސް ސަރަޙައްދަކުން ކަރަންޓްކެނޑިއްޖެނަމަ ޚާއްޞަގޮތެއްގައި އިންޖީނުގެއަށް ވަންނަ މީހުންބެލުން.
  • އިމަރޖެންސީ ހާލަތްތަކުގައި ވެރިން އަންގާ ގޮތެއްގެ މަތީން ކުނިނެގުމުގައި ޕިކަޕުގައި މަސައްކަތްކުރުން އަދި އޮފީސް ނުވަތަ ކަސްޓަމަރ ސަރވިސް ސެކްޝަންގައި ސެކިއުރިޓީ ބަލަހައްޓަން ޖެހިއްޖެ ހާލަތެއްގައި ބެލެހެއްޓުން.
  • ވަޒީފާއާއި ގުޅޭގޮތުން އޮފީހުން ޙާވާލުކުރާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ގޯތިތެރެ ސާފުކުރުމާއި ބެލެހެއްޓުމުގައި ގެންގުޅޭ އެންމެހާ ތަކެތި ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން.
  • ތަނުގައި އެއްވެސްކަހަލަ އާދަޔާ ޚިލާފް ކަމެއް ހިނގާނަމަ ނުވަތަ ޝައްކެއް ކުރެވިޖެނަމަ އެކަމެއް އަންގަންވާ ފަރާތަށް އެންގުން.
  • އިމަޖެންސީ ޙަލަތެއް މެދުވެރިވެގެން އޮފީހުން އަންގާލި ކޮންމެ ހިނދެއްގައި އޮފީހަށް ނިކުމެ އެކަމެއް ނިމެންދެން އެމަސައްކަތެއް ކުރުމާއި ކުރުވުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުންނާއި (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ތ.ބުރުނި ބްރާންޗްއިން ރަސްމީ ދުވަސްތަކުގެ 09:00 - 13:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

14 ރަމަޟާން 1445

24 މާރިޗު 2024  

24 މާރިޗު 2024
ހޯދާ