ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކޮމެޓީތަކާއި، މުއައްސަސާތަކުން ހިންގާ ޙަރަކާތްތަކަށް ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤަޥާޢިދު

 

ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ކޮމެޓީތަކާއި، މުއައްސަސާތަކުން ހިންގާ ޙަރަކާތްތަކަށް ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤަޥާޢިދު

 

 

 

 

 

 

 

މިއީ ޤާނޫން ނަމްބަރ 2010/07 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެކުލަވާލެވިފައިވާ ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކުން ހިންގާ ޙަރަކާތްތަކަށް ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤަޥާޢިދެވެ.

(ހ)

ތަޢާރަފް 1

މިޤަޥާޢިދަށް ކިޔަނީ '' ކްލަބް، ޖަމްޢިއްޔާ، ޖަމާޢަތްތަކާއި، ކޮމެޓީތަކާއި، މުއައްސަސާތަކުން ހިންގާ ޙަރަކާތްތަކަށް ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤަޥާޢިދު '' އެވެ.

 

(ށ)

 

މިޤަޥާޢިދުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދެވޭނީ ކައުންސިލުން ތައްޔާރުކޮށްފައިވާ ތަރައްޤީގެ ޕްލޭނުގައިވާ ކަންކަން ތަންފީޒުކުރުމަށް އަމިއްލަ ޖަމްޢިއްޔާ، ޖަމާޢަތްތަކުންނާއި، މިރަށުގައި ޤާއިމް ކުރެވިފައިވާ މުއައްސަސާ ތަކުން ކުރަމުންގެންދާ މަސައްކަތް ތަކަށެވެ. އަދި މާލީ އެހީތެރިކަން ފޯރުކޮށްދެވޭ ކަންކަމަކީ، ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެމަތީން ކުރެވޭ ކަންތައްތަކެއް ކަމުގައި ވާންވާނެއެވެ.

(ހ)

މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ފަރާތްތައް 2

 

 

 

 

 

 

 

ޢަމަލު ކުރަން ފަށާ ތާރީޚް 3

މި ޤަޥާއޢިދަށް ޢަމަލު ކުރަން ފަށާނީ މިޤަޥާޢިދު ކައުންސިލުން ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާ ދުވަހުން ފެށިގެންނެވެ.

(ހ)

 

                                                                    

 

 

 

އެހީއަށް އެދި ހުށަހެޅުން 4

މި ޤަޥާޢިދުގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހަޅާއިރު، ތިރީގައިވާ ކަންކަން ފުރިހަމަކޮށް ހުށަހަޅާ ހުށަހެޅުންތަކަށް މެނުވީ ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދީގެން ނުވާނެއެވެ.

(ހ)

 

ރަޖިސްޓްރީ.

1.

 

 

އެހީ ހޯދުމަށް އެދޭ ބޭނުމާއި، އެހީގެ ފައިސާއިން ހިންގުމަށް ރާވާފައިވާ ޙަރަކާތްތަކާއި، އެ ޙަރަކާތްތަކުން މުޖްތަމިޢުއަށް ކުރާނެ ފައިދާއާއި، ފައިސާ ޚަރަދުކުރުމަށް ރާވާފައިވާ ގޮތް ބަޔާންކުރާ ޕްރޮޕޯސަލް.

ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާޢަތްތަކުގެ ފާއިތުވި އަހަރުގެ އަހަރީ ރިޕޯރޓް.

މާލީ އެހީތެރިކަން ހޯދުމަށް ނިންމި ޖަލްސާގެ ޔައުމިއްޔާއާއި ނިންމުން.     ( ޔައުމިއްޔާއާއި ނިންމުމުގައި ބައްދަލުވުމަށް ޙާޟިރުވި މެމްބަރުން ސޮއިކޮށްފައި އޮންނަންވާނެއެވެ.)

2.

 

 

3.

 

4.

 

 

 

 

 

 

 

އެހީ ދިނުން 5

މި ޤަވާޢިދުގެ ދަށުން އެހީ ފޯރުކޮށްދޭން ވާނީ ކައުންސިލްގެ ޖަލްސާއަކުން، ހުށަހަޅާފައިވާ ލިޔުންތަކަށް ބެލުމަށްފަހު، އެހީ ދިނުމަށް ނިންމާފައިވާ ހުށަހެޅުންތަކަށެވެ.

(ހ)

 

މި ޤަޥާޢިދުގެ ދަށުން ޚަރަދުކުރެވޭ ފައިސާއަކީ، ދައުލަތުގެ މާލިއްޔަތު ޤަޥާޢިދާއި، ދައުލަތުން ފައިސާ ޚަރަދުކުރުމަށް ހެދިފައިވާ އެހެނިހެން ޤަޥާޢިދު ތަކާއި އުޞޫލު ތަކުގައި ކަނޑައެޅިފައިވާ ގޮތަށް ޚަރަދުކުރެވޭ ފައިސާއެއް ކަމުގައި ވާންވާނެއެވެ.

(ށ)

 

މި ޤަޥާޢިދުގެ ދަށުން ޖަމާކުރެވޭ ފައިސާ ނުވަތަ ޗެކް ޖަމާކުރަންވާނީ އެ ޖަމްޢިއްޔާ، ޖަމާޢަތެއްގެ ނުވަތަ އެ މުއައްސަސާއެއްގެ އަމިއްލަ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށެވެ. އަމިއްލަ ފަރާތަކާއި ޗެކް ނުވަތަ ފައިސާ ޙަޥާލު ކުރާނަމަ، އެޖަމްޢިއްޔާ ޖަމާޢަތެއްގެ ހިންގާ ކޮމެޓީން އެފަރާތަކާއި ފައިސާ ޙަޥާލުކުރުމަށް ނިންމާފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

(ނ)

 

މި ޤަޥާޢިދުގެ ދަށުން ދެވޭ އެހީގެ ފައިސާ ޚަރަދު ކުރުމަށްފަހު، ފައިސާ ޚަރަދުކުރެވުނު ގޮތުގެ ތަފްޞީލް ރިޕޯރޓް ފައިސާ ޙަޥާލުކުރާތާ އެއްމަސް ދުވަހުގެ ތެރޭގައި ކައުންސިލަށް ލިޔުމުން ހުށަހަޅަން ވާނެއެވެ. އަދި އެހީގެ ފައިސާއިން ޚަރަދު ކުރުމަށްފަހު، ބާކީވާ ފައިސާ މިރިޕޯރޓާއިއެކު ކައުންސިލަށް އަނބުރައި ދައްކަންވާނެއެވެ.

(ރ)

 

21 މާރިޗު 2024
ހޯދާ