ޢިއްޒުއްދީން ސްކޫލް
ދިވެހިރާއްޖެ
ދަރިވަރުންނަށް ދިނުމަށްޓަކައި ހަދިޔާއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ދަރިވަރުންނަށް ދިނުމަށްޓަކައި ހަދިޔާއެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 

މި ސްކޫލްގެ ދަރިވަރުންނަށް ދިނުމަށްޓަކައި ހަދިޔާއެއް ތައްޔާރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް މި ސްކޫލުން ކޮށްފައިވާ، ނަންބަރު:IZS/IUL/2024/17  ގެ އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބު ނުލިބުމުން އެ އިއުލާން ބާޠިލްކޮށް މި މަސައްކަތް ކޮށްދެއްވާނޭ ފަރާތެއް ހޯދުމަށް އަލުން އިއުލާންކޮށްފައިވާ ވާހަކަ ދަންނަވަމެވެ.

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 21 މާރޗް 2024 އިން 27 މާރޗް 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން  މި އިއުލާންގައި އެޓޭޗް ކޮށްފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށް ފަހު ތިރީގައިވާ މެއިލް އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށެހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާއިއެކު އެޓޭޗްކޮށްފައި ވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މި ދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، އަނދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީ ހިސާބު ހުށަހެޅުއްވުން

2024 މާރޗް 28 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

2024 އޭޕްރިލް 15 ވާ ހޯމަ ދުވަހުގެ 11:00 އަށް

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3341700 އަށެވެ.

އީ-މެއިލް ކުރާނީ [email protected] އަށެވެ.

21 މާރޗް 2024

21 މާރިޗު 2024
ހޯދާ