ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު: (IUL)417-IMS/417/2024/3 ( 09 ޖަނަވަރީ 2024 ) އިޢުލާނާއެކު އާންމުކޮށްފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލާއި އެއްގޮތަށް ބަންޑާރަ ގޯތި ދޫކުރުމުގެ މަސައްކަތްތައް ވިލަރެސްކޮށް، ގޯތިދޫކުރުމުގެ އެކި އެކި މަރުހަލާތަކުގައި އަމަލީގޮތުން ބައިވެރިވެ، ކުރިޔަށް ގެންދިއުމަށް އާންމުންގެ ތެރެއިން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ 2 މެންބަރުން ނެގުމަށް ކައުންސިލުން ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 އެޕްރީލް 15 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީއެއް ހުށަހަޅަންވާނެއެވެ.އަދި އީމެއިލް ކުރައްވާނަމަ މިއިދާރާގެ އީމެއިލް އެޑްރެސް [email protected] : އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރ 6840015 ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ވިލަރެސްކޮމިޓީގެމެމްބަރުކަމަށްއެދޭމީހާގެޝަރުތުތައް:
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުން.
- ހޯނޑެއްދޫ ކައުންސިލްގެ ނަންބަރ (IUL) (IUL)417-IMS/417/2024/3 (29 ޖަނަވަރީ 2024) އިޢުލާން އާއި ގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތެއް ކަމުގައި ނުވުން.
- ގްރޭޑް 10 ނިންމާފައިވުން. ނުވަތަ ދަށްވެގެން ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން
- ހޯނޑެއްދޫ ކައުންސިލްގެ ނަންބަރ (IUL) (IUL)417-IMS/417/2024/3 (29 ޖަނަވަރީ 2024) އިޢުލާން އާއި ގުޅިގެން ގޯއްޗަށް އެދިފައިވާ ފަރާތެއްގެ އާޢިލީ ގާތް މީހެއްކަމުގައި ނުވުން. (އާއިލީ ގާތް މީހެއްކަމަށް ބުނެފައި އެވަނީ، މެމްބަރުކަމަށް އެދޭމީހަކު ކައިވެނިކޮށްގެން އުޅޭ މީހާއާއި، ދަރިންނާއި، އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، މައިންބަފައިންނާއި، ދޮންދަރިންނާއި، މެމްބަރުކަމަށް އެދޭމީހާ ކައިވެނިކޮށްގެން އުޅޭ މީހާގެ އެއްބަނޑު މީހުންނާއި، އެއްބަފާ މީހުންނާއި، އެއްބަނޑު އެއްބަފާ މީހުންނާއި، އެމީހާގެ މައިންބަފައިންނަށެވެ.)
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.