މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
"މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަށް މެންބަރުން އައްޔަންކުރުމާ ގުޅޭ

"މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަށް މެންބަރުން އައްޔަންކުރުމާ ގުޅޭ 

އެކިއެކި ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތްކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 1-59 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" އަލުން އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ މަސައްކަތް މި މިނިސްޓްރީއިން މިދަނީ ކުރަމުންނެވެ. އަދި މި ބޯޑުގައި ބައިވެރިވާން އެދޭ ތިރީގައި މިވާ ދާއިރާތަކުގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން މި މިނިސްޓްރީގައި ނަން ނޯޓު ކުރުމަށް ހުޅުވާލަމެވެ.

  • ފަތުރުވެރި ކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން
  • ކޮންސްޓްރަކްޝަންގެ ސިނާޢަތުގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން
  • އަންހެން ވިޔަފާރިވެރިންގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން
  • ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން

ވީމާ، މަތީގައި ބަޔާންކުރެވިފައިވާ ދާއިރާއެއްގެ ފަރާތުން "މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު" ގައި އިންނެވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި މިވާ " ގޫގުލް ލިންކް"ގައިވާ ފޯމު 25 މާރިޗު 2024 ގެ 23:59 ގެ ކުރިން ފުރުއްވުމަށް އެދި ދެންނެވީމެވެ.

https://forms.gle/e5EVTds2GLrhXyq77

21 މާރިޗު 2024
ހޯދާ