އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ހއ. ތަކަންދޫ، ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށްބާއްވާ ބައި-އިލެކްޝަން އަދި ހއ.އުތީމް، ނ.ވެލިދޫ، ނ.ލަންދޫ، ވ.ފެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށްބާއްވާ ބައި-އިލެކްޝަނާއި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން - ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުން

(IUL)38-DC/38/2024/225 :ނަންބަރު

އިޢުލާން

ހއ. ތަކަންދޫ، ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށްބާއްވާ ބައި-އިލެކްޝަން އަދި ހއ.އުތީމު، ނ.ވެލިދޫ، ނ.ލަންދޫ، ވ.ފެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށްބާއްވާ ބައި-އިލެކްޝަނާއި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން

ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ޢާންމުކުރުން

2024 މޭ 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ހއ. ތަކަންދޫ، ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށްބާއްވާ ބައި-އިލެކްޝަން އަދި ހއ.އުތީމު، ނ.ވެލިދޫ، ނ.ލަންދޫ، ވ.ފެލިދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށްބާއްވާ ބައި-އިލެކްޝަނާއި މ. މަޑުއްވަރީ ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީތަށް ޢާންމުކޮށްފީމެވެ. މި ރަޖިސްޓަރީތައް ދިވެހިސަރުކާރުގެ ގެޒެޓު (www.gazette.gov.mv) އާއި، ކޮމިޝަނުގެ ވެބްސައިޓުގައި (www.elections.gov.mv) ވަނީ ޢާންމު ކުރެވިފައެވެ.

މިލިސްޓަށް ޝަކުވާ ހުށަހަޅާނީ 2024 މާރިޗު 20 އިން 2024 މާރިޗު 31 ގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 09:30 އިން މެންދުރުފަހު 13:30 އަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުންނެވެ. ޝަކުވާ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަކުވާ ހުށަހަޅާނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށް ފޮނުވައިގެންނެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

20 މާރިޗު 2024
ހޯދާ