ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެލީގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ގދ. މަޑަވެލީގެ ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިބީލަމުގައި ބައިވެރިވާން ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް 26 މާރިޗް 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިމިވާ ލިންކުން ވަދެ ފޯމް ފުރިހަމަކޮށް ބިޑްގައި ރެޖިސްޓަރ ކުރެއްވުން އެދެމެވެ.

       ބިޑްގައި ރަޖިސްޓްރީ ވުމަށް: https://forms.gle/w8BQGsbE88BLPmDN8  

       ބިޑްގައި ރަޖިސްޓަރ ވުމުން އެފަރާތްތަކާއި މަސައްކަތުގެ މަޢުލޫމާތު އީމެއިލް އިން ހިއްސާކުރެވޭނެއެވެ. އަދި ޕްރީބިޑް ސެޝަން 26 މާރިޗް 2024 ގެ 13:30  ގައި އޮންނާނެއެވެ. މިމަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 03 އެޕްރިލް 2024 ވާ ބުދަ ދުވަހުގެ 10:00 ގެކުރިން 'ބިޑް ހުށަހަޅާ ފޯމް' އާއިއެކު އަންދާސީ ހިސާބު މިއިދާރާގެ މެއިލް [email protected] އަށް މެއިލްއިން ހުށަހެޅުއްވުން އެދެމެވެ.

       އަންދާސީ ހިސާބާއެކު އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އާއި މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ދަންނަވާފައިވާ އެންމެހައި ލިޔެކިޔުންތައް ފުރިހަމައަށް ހުށަހަޅަންވާނެއެވެ. މި އިޢުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ، 28 މާރިޗް 2024 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. ބިޑްގައި ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބުތަކާއި، އަދި މިއިދާރާއިން ދެވޭ ބިޑްފޯމްގައި އަގު ނުހުށަހަޅާފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި މިމަސައްކަތް ކުރުމަށް ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެ ވާހަކަވެސް ދެންނެވީމެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 މާރިޗު 2024
ހޯދާ