މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށީ ޔޫތް ސެންޓަރ އަދި ޔޫތް ސެންޓަރ ވަށައިގެންވާ މަގުތައް ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެށް ހޯދުމާއި ބެހޭ

 

އިޢުލާން

 

ބ.އޭދަފުށީ ޔޫތް ސެންޓަރ އަދި ޔޫތް ސެންޓަރ ވަށައިގެންވާ މަގުތައް ސާފުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެށް ހޯދުމާއި ބެހޭ

 

ބ.އޭދަފުށީ ޔޫތް ސެންޓަރ އަދި ޔޫތް ސެންޓަރ ވަށައިގެންވާ މަގުތައް ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީވެ މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތައް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި ދަންނަވާ ތާރީޚަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.

މަޢުލޫމާތު ދިނުން

އަންދާސީހިސާބު ހުށަހެޅުން

25 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 10:30 އަށް

26 މާރިޗު 2024 ވާ އަންގާރަ ދުވަހުގެ 12:45 އަށް

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓުގެ ކޮޕީއެއް ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މީގެ އިތުރުން، ކުންފުނި/ވިޔަފާރި/އިންވެސްޓްމަންޓުގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. އަދި ފޯނުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާވާހަކަ ދަންނަވަމެވެ. އަދި ދަންނަވަމެވެ، މިފަދަ ލިޔުމެއްނެތި މަޢުލޫމާތު ސާފުކުރައްވަން ދުރުވާ ފަރާތްތަކަށް މަޢުލޫމާތު ދެވެން ނެތްވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

10 ރަމަޟާން 1445

20 މާރިޗު 2024
ހޯދާ