ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ގދ.ރަތަފަންދޫ އިޖުތިމާޢީ ގުރޫޕްގައި ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން 01 އަހަރުދުވަހުގެމުއްދަތަށް މަސައްކަތްކޮށްދޭނެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށްވަނީ ބޭނުންވެފައެވެ.

މަޤާމް

މަސައްކަތު

ބޭނުންވާ ޢަދަދު

7 (ހަތެއް )

މަޤާމުގެ ގިންތި

ވަގުތީ ( ވޭޖު އެމްޕްލޯއީމަންޓް)

ޔުނިޓް

ސޯޝަލް އެންޑް މުނިސިޕަލް ސާރވިސަސް ޔުނިޓް

މަޤާމް އޮތް އޮފީސް

ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭތަން

ރަތަފަންދޫ އިޖުތިމާޢީ ސަރަހައްދު

އުޖޫރަ

މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް 33.65 (ތިރީސް ތިންރުފިޔާ /ފަސްދޮޅަސް ފަސްލާރި)

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ވަގުތު

ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު 5 ގަޑިއިރު (މިވަގުތު ހަމަޖައްސާނީ ކައުންސިލާއި،މަސައްކަތަށް ހޮވޭ ފަރާތްތަކާ ދެމެދު މަޝްވަރާކޮށްގެންނެވެ. )

މަޤާމުގެ މަސްއޫލިއްޔަތު:

1-      މިސްކިތުގޯތި (1) މަގާއެކު ސާފުކޮށް ބެލެހެއްޓުން

2-      މިސްކިތުގޯތި (2) މަގާއެކު ސާފުކޮށް ބެލެހެއްޓުން

3-      ރަތަފަންދޫ ވަލުމިސްކިތުގެ މަގު ސާފުކޮށް ބެލެހެއްޓުން

4-      ރަތަފަންދޫ އަތިރިމަތީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

5-      ރަތަފަންދޫ ޖެޓީގެ އުތުރުން ހަދާފައިވާ ހުރަސްފަސްގަނޑު ސާފުކޮށް ބެލެހެއްޓުން

6-      ރަތަފަންދޫ އަމީނީމަގުގެ އިރު ދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

7-      ރަތަފަންދޫ އަމީނީމަގުގެ ހުޅަނގުކޮޅު ދިރާގުސައިޓްގެ ކުރިމަތީ މަގުގެ އަނެއްފަރާތް ސާފުކޮށް ބެލެހެއްޓުން

8-      ރަތަފަންދޫ ފުޓްބޯޅަ ދަނޑުގެ މަގުތައް ސާފުކޮށް ބެލެހެއްޓުން

9-      ރަތަފަންދޫ ޗަބޭލީމަގުގެ ދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

10-  ރަތަފަންދޫ މަންޒިލްމަގުގެ އިރުދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

11-  ރަތަފަންދޫ ނަސީމީހިގުން ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

12-  ރަތަފަންދޫ އައްސޭރިހިގުން ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

13-  ރަތަފަންދޫ އަންބަރީމަގުގެ ދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

14-  ރަތަފަންދޫ ނަރުގިސްމަގު ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

15-  ރަތަފަންދޫ ބީޗްރޯޑް އިރުދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަޙައްދާއި އެސަރަހައްދާއި އިންވެގެންވާ ބީޗް ސާފުކޮށް ބެލެހެއްޓުން.

16-  އަންހެނުންގެ މަރުކަޒާއި އެމަރުކަޒުގެ ގޯތިތެރެއާއި އިންވެގެންވާ މަގު

17- ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން

18- މެރިންރޯޑް ( ބޭރުމަގު ހަފުތާއަކު އެއްފަހަރު ސާފުކުރުން )

މަޤާމުގެ ޝަރުޠު

ރަށުގެ މަގުތަކާއި ތަންތަން ސާފުކޮށް ބެލެހެއްޓޭ ވަރުގެ ޞިއްޙަތެއް ހުރި މީހަކު ކަމުގައިވުން

 ހުށަހަޅަންޖެހޭ ލިއުންތައް:

  1. ވަޒީފާއަށް އެދޭ ސިޓީ
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ  އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.އީ-މެއިލްއެޑްރެހަކީ،[email protected] އެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އެހެނިހެން ކަންތައްތައް:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު  ހުށަހަޅުއްވާ ހުށަހެޅުންތަކާއި، އެޓޭޗް ކުރަންޖެހޭ ލިއުންތައް ހަމަނުކޮށް އަދި ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބާޠިލްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

  •  މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 16 އޭޕްރީލް އިން 21 އޭޕްރީލް 2024 އާ ދެމެދު ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެތާރީޚްތަކުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6841626 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

20 މާރިޗު 2024
ހޯދާ