އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މިހޮސްޕިޓަލަށް ބޭނުންވާ 2 (ދޭއް) ޑެންޓަލް ޗެއަރ ސަޕްލައިކޮށްދިނުމާއިއެކު އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މިހޮސްޕިޓަލަށް ބޭނުންވާ 2 (ދޭއް) ޑެންޓަލް ޗެއަރ ސަޕްލައިކޮށްދިނުމާއިއެކު އަދި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުން

މިހޮސްޕިޓަލަށް ބޭނުންވާ 2 (ދޭއް) ޑެންޓަލް ޗެއަރ ސަޕްލައިކޮށްދީ އަދި އިންސޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް މެދުވެރިކޮށް)

ތާރީޚް: (މުއްދަތު) – 2024 މާރިޗު 19 ން 2024 މާރިޗު 28 އަށް،

ގަޑި:  މެންދުރުފަހު 13:00 ގެ ނިޔަލަށް

އީމެއިލް: [email protected] ފޯނު ނަންބަރ: 6583007

އަންދާސީ ހިސާބު ހުށައެޅުއްވުން

އަންދާސީ ހިސާބު ހުށަހަޅަންޖެހޭނީ ތިރީގައިވާ ދުވަހުގެ ގަޑިއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ކޮންފަރެންސް ރޫމު.

ތާރީޚް: 2024 އެޕުރީލް 14 ވާ އާދިއްތަ ދުވަސް

ގަޑި: ހެނދުނު 10:00 އަށް

 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓާއި، އަދި އެހެން ޑޮކިއުމަންޓްސް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަވެސް ދަންނަވަމެވެ. ނަންނޯޓް ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

09 ރަމަޟާން 1445

20 މާރިޗު 2024
ހޯދާ