ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
06 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި މަރުކަޒުން ދޭ ސްޕެސިފިކޭޝަނާ އެއްގޮތްވާ ގޮތުގެމަތިން 06 ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް ކަނޑައެޅިފައިވާ ތަންތަނަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އާ އޮފީސް ޢިމާރާތުގެ މީޓިންގރޫމް، އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން, ވެލާނާގޭގެ 8 ވަނަ ފަންގިފިލާގައި.

މައުލޫމާތު ސާފުކުރެއްވުން.

27 އެޕްރީލް 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

05 މެއި 2015 ވާ އަންގާރަ ދުވަހުގެ 11:00 ގައި

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

19 އޭޕްރިލް 2015
ހޯދާ