މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު- ކާށިދޫ ކައުންސިލް ހޭންޑްބޯލް ޗެލެންޖް 2024" އިންތިޒާމުކޮށް ހިންގައިދޭނެ ފަރާތެއް ހޯދުން – 2 ވަނަ އިޢުލާން

މާލެއަތޮޅު ކާށިދޫ ކައުންސިލްގެ ފަރާތުން "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" ގެ ނަމުގައި 2024 ވަނަ އަހަރުގެ މެއި މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހޭންޑް ބޯޅަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތް ހިންގުމަށް ހަމަޖެހިފައިވަނީ "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" އިންތިޒާމުކޮށް ހިންގުން އައުޓްސޯސް ކުރުމުގެ އުޞޫލުގައިވާ ގޮތުގެ މަތިން އައުޓްސޯސް ކޮށްގެންނެވެ.

            މި މުބާރާތް އިންތިޒާމްކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައި ކުރެވުނު ނަންބަރު (OTHR)330-B/330/2024/8 (18 ފެބުރުވަރީ 2024) އިޢުލާނާ ގުޅިގެން ލިބިފައިވާ އަންދާސީ ހިސާބު އެކަށީގެންވާ ވަރަށްވުރެ ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކޮށްފީމެވެ.

      އަދި "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" އިންތިޒާމުކޮށް ހިންގުން އައުޓްސޯސް ކުރުމުގެ އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" ހޭންޑްބޯޅަ މުބާރާތް އިންތިޒާމުކޮށް ހިންގައިދިނުމުގެ މަސައްކަތް ކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން މި މުބާރާތް އައުޓްސޯސްކުރުމުގެ އުޞޫލުގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ ހުށަހަޅާ ފަރާތުގެ އަމިއްލަ ފޯމެޓްގައި ދިވެހި ބަހުންނެވެ. މި މުބާރާތް ހިންގުން އައުޓްސޯސްކުރުމުގެ އުޞޫލު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ. އަދި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މުބާރާތް ހިންގައިދިނުމަށް އެދި ހުށަހެޅޭނީ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތައް ފަދަ ރަޖިސްޓްރީކޮށްގެން ހިންގާ ފަރާތްތަކަށެވެ.

      ވީމާ "ކާށިދޫ ކައުންސިލް ހޭންޑް ބޯލް ޗެލެންޖް 2024" އިންތިޒާމުކޮށް ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2024 މާރިޗު  25 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުގެ ވެލިޑިޓީ ޕީރިއަޑަކީ މަދުވެގެން 60 ދުވަސް ކަމުގައި ބަޔާންކޮށްފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބާއެކު، ހުށަހަޅާ ފަރާތުގެ ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

19 މާރިޗު 2024
ހޯދާ