ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް
ދިވެހިރާއްޖެ
ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ 2024

2024 މާރިޗު 18 ވީ ހޯމަ ދުވަހު ބޭއްވުނު ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސް (އެސް-އޯ މޯލްޑިވްސް)ގެ ހިންގާ ކޮމިޓީގެ 2024 ވަނަ އަހަރުގެ 3 ވަނަ ޖަލްސާގައި، އެސް-އޯ މޯލްޑިވްސްގެ 2024 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށްވަނީ ނިންމަވާފައެވެ.

 

އެހެންކަމުން، 2024 އެޕްރީލް 02 ވާ އަންގާރަ ދުވަހު އެސް-އޯ މޯލްޑިވްސްގެ އަހަރީ އާއްމު ޖަލްސާ 2024 އޮންނާނެވާހަކަ އެސް-އޯ މޯލްޑިވްސްގެ މެންބަރުންގެ މައުލޫމާތަށްޓަކައި އާއްމުކޮށް އަންގާ އިއުލާނުކުރީމެވެ. އަދި ދަންނަވަމެވެ، މި ޖަލްސާގައި ބައިވެރިވުމަށް އެދޭ މެންބަރުން ޖަލްސާއަށް ރަޖިސްޓަރކުރުމަށްޓަކައި ފުރުސަތު ހުޅުވާލެވޭނެއެވެ.

 

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ އެސް–އޯ މޯލްޑިވްގެ ނަންބަރު 7776377 އާ ގުޅުއްވުން އެދެމެވެ.

 

18 މާރިޗު 2024

18 މާރިޗު 2024
ހޯދާ