ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުނިސިޕަލް އެންޑް އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓަށް ވޭޖް ކޮންޓްރެކްޓް މުވައްޒަފުން ބޭނުންވެއްޖެ.

މިއިދާރާގެ މުނިސިޕަލް އެންޑް އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓަށް ވޭޖްކޮންޓްރެކްޓް އުޞޫލުން ޑްރައިވަރެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މަޤާމު:

ޑްރައިވަރ

މަޤާމުގެ ނަންބަރު:

-

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވޭޖް ކޮންޓްރެކްޓް (01 މަހަށް)

މުއްދަތު:

ވޭޖް އުޞޫލުން ދުވަހު މުސާރައަށް

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މަޤާމުގެ  ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ.

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

މުނިސިޕަލް އެންޑް އިންފްރާންސްޓްރަކްޗަރ މެނޭޖްމަންޓް ޔުނިޓް

މުސާރަ:

233.00 ( ދުވަހަކަށް )

ސަރވިސް އެލަވަންސް:

-

މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑި:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 07 ގަޑިއިރު                                  ހުކުރު ދުވަހު 3 ގަޑިއިރު

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ޕިކަޕް ބޭނުންކުރުމުގައި ފަންނީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ސަމާލުވެ އެކަންކަން ކުރުމާ، ޕިކަޕަށް ލިބޭ ކުދި ގެއްލުންތަކާއި، ބޮޑެތި ގެއްލުންތައް ވަގުތުން ކައުންސިލްގެ އިދާރާއަށް އެންގުމާއި އެފަދަ އެއްވެސް ގެއްލުމެއް ކައުންސިލްގެ އިދާރާއަށް ނުއެނގި މަރާމާތުކޮށް ނުހެދުން.
  4. ޑްރައިވަރުގެ އިހްމާލެއްގެ ސަބަބުން ޕިކަޕަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމާޖާމިނު ވުމާއެކު ކައުންސިލްގެ އިދާރާއިން އަންގައި ގޮތެއްގެ މަތިން އެކަން ހައްލުކޮށްދިނުން.
  5. ޕިކަޕް ރަނގަޅަށް ދޮވެ ސާފުކޮށް ބެލެހެއްޓުމާއި ޕިކަޕް ބޭއްވުމަށް ހަމަޖެހިފައިވާ ގަރާޖް ސާފްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.  
  6. ޕިކަޕްގައި ކުނިކޮށްޓަށް ކުނިގެންދިޔުމާއި، ޕިކަޕުން ކުނި ހުސްކުރުމާއި، އަދި ކުނިކޮށީގައި  މަސައްކަތް  ކުރާއިރު، އެ މަސައްކަތްކުރާ މުއައްޒަފުންގެ މަސައްކަތް ދެނެގަނެ ސްޕަވައިޒަރަށް ރިޕޯޓްކުރުމާއި އަމަލީގޮތުން އެ މަސައްކަތުގައި ބައިވެރިވެ މަސައްކަތްކުރުން.
  7. ޕިކަޕަށް ބޭނުންވާ ތަކެތި ދުރާލައި ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް އުޞޫލީ ހަމަތަކާއި އެއްގޮތަށް ކުރުމާ އެފަދަ ތަކެތި ހޯދުމުގައި ޢަމަލީ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.
  8. ކުނިކޮށްޓަށް ބޭނުންވާ ތަކެތި ހޯދުމާއި އެ ތަކެތި ބެލެހެއްޓުމުގެ މަސައްކަތް، ސްޕަވައިޒަރުގެ އިރުޝާދާއި އެއްގޮތަށް ކުރުން.
  9. ކުނިވާޒާތުގެ ތަކެއްޗާއި އަދި ކުނި އުކުމަށް ދޭންޖެހޭ ސަމާލުކަންދީ ކުނި ނެގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ދުވަހަށްކޮށް ނިންމުން.
  10. ޕިކަޕްގައި ކުރާ ދަތުރުތައް ނޯޓްކުރުމާ ކުނީގެ ޚިދުމަތް ހޯދުމަށް ކައުންސިލްގެ އިދާރާގައި ރަޖިސްޓަރީ ކޮށްފައިވާ ގެތަކުގެ ހާޟިރީ ބެލެހެއްޓުމާ އެއިން އެއްވެސް ގެއަކުން އެއްވެސް ސަބަބެއް މެދުވެރިވެގެން ކުނި ނުނަގާނަމަ ވަގުތުން އެކަން ސަބަބާއެކު ސްޕަވައިޒަރަށް އެންގުން.
  11. ކައުންސިލް އިދާރާގެ ފަރާތުން ފާހަގަކުރާ އެކިއެކި މުނާސަބަތަކާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ބައިވެރިވެ އެހީތެރިކަމާ އެއްބާރުލުން ދިނުން.
  12. ކައުންސިލުން ކުރިއަށް ގެންދާ އާއްމު އަދި ޚާއްޞަ މަސައްކަތްތަކާއި، ރަށުގެ ރައްޔިތުންގެ ފެންވަރުގައި އިޖުތިމާޢީ ގޮތުން ކުރާ ކަންކަމުގައި ބައިވެރިވެ ޢަމަލީ ގޮތުން މަސައްކަތް ކުރުން. 
  13. ކައުންސިލްގެ އިދާރާއިން ރާވާ ކުރިއަށް ގެންދާ ތަފާތު އިވެންޓުތަކާއި ހަރަކާތްތަކުގައި ބައިވެރިވެ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށް ދިނުން. 
  14.  ޤައުމީ، އަތޮޅު، ރަށުފެންވަރުގައި ފާހަގަކުރާ މުނާސަބަތުތަކާއި، މުބާރާތްތަކާއި، އަދި އެހެނިހެން ހަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވެ އެހީތެރިކަމާ އެއްބާރުލުން ދިނުމާއި އެފަދަ ކަންކަމާއި ގުޅޭގޮތުން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  15. ވެށިފާރަވެރި ވުމުގައި ބަލަންޖެހޭ ކަންތައްތައް ބެލުމަށް ހަމަޖެހިފައިވާ ޤަވާޢިދާއި ޚިލާފަށް ކަންކަން ކުރާ ފަރާތްތަކަށް ޞުލްޙަވެރިކަމާއެކު ރީތި ބަހުން ވާހަކަ ދައްކައި ނަޞޭޙަތްތެރިވުމާ އަދި އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއެކު އެ ފަރާތްތަކުގެ މަޢުލޫމާތުތައް ސްޕަވައިޒަރަށް ރިޕޯޓް ކުރުން.
  16. ރަށުގެ ރައްޔިތުންނަށް ބަހަންޖެހޭ ތަކެތި ބެހުމާއި ނީލަން ކިޔަންޖެހޭ ތަކެތި ނީލަން ކިޔުމާއި އުކާލަންޖެހޭ ތަކެތި އުކާލުމާ ރަށުގެ ބަނދަރު ސަރަޙައްދުގައި ހުންނަ ކުންޏާއި، އިޖްތިމާޢީ ސަރަޙައްދު ތަކުގައި ކައުންސިލުން ބަހައްޓާފައިހުންނަ ޑަސްބިންތަކަށް އަޅާފައިހުންނަ ކުނި އުކާލުމުގެ މަސައްކަތް ކުރުން.
  17. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ބޮޑެތި މަސައްކަތްތަކާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަހަށް ކުރަންޖެހޭ ކަންކަން ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެ އެކަންކަން ކުރުން.

މަޤާމުގެ ޝަރުޠުތައް:

 މަޤާމަށް ބޭނުންވާ ލައިސަންސް ހާޞިލްކޮށްފައިވުން. (އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ C1ނުވަތަ C2  ކެޓަގަރީގެ ލައިސަންސް ލިބިފައިވުން.)

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  ނެތް

ގުޅޭ ވަޒީފާގެ ދާއިރާތައް

ލޭންޑް ޓްރާންސްޕޮޓޭޝަން ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުނާ އިދާރާގެ ކައުންޓަރުންނާއި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/51/7f22c518-63f5-44c3-a398-944ce57c1b56.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

  • އަސާސީ ޝަރުޠު ހަމަވުން %50
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު %5
  • އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ %5
  • އިންޓަރވިއު %40

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 70 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 މާރިޗު 24 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2024 މާރިޗު 25 އާ 2024 މާރިޗު 27 އާ ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާ ގުޅޭ" https://www.csc.gov.mv/Policy/Index/51  އިން ލިބެން ހުންނާނެއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމްފޮނުއްވި ފަރާތުގެ ޒިންމާއެކެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 މާރިޗު 2024
ހޯދާ