ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ކްލިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ޢުމްރާ ދަތުރާއި ގުޅޭ.

    ގދ. މަޑަވެލީގެ ރައްޔިތުންގެ ތެރެއިން ކޮންމެ އަހަރެއްގެވެސް މާރިޗް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ނަންނޯޓް ކުރައްވާ 40 އަހަރުން މަތީގެ ބޭފުޅުންގެ ތެރެއިން 01 ބޭފުޅަކު ކްލިކް މޯލްޑިވްސް ގެ ޚަރަދުގައި ހިލޭ ޢުމްރާ އަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މަޑަވެލީގެ 40 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް މި ފުރުސަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި ނަންނޯޓް ކުރައްވާ ބޭފުޅުން ތިރީގައި ބަޔާންކުރެވިފައިވާ ޝަރުޠުތައް ފުރިހަމަވާންޖެހޭނެއެވެ.

  • މީގެ ކުރިން ޢުމްރާއެއް އަދާ ކޮށްފައިވާ މީހަކު ކަމުގައި ނުވުން
  • 40 އަހަރުން މަތީގެ މީހަކު ކަމުގައިވުން
  • މަޑަވެލީގެ ރައްޔިތަކު ކަމުގައިވުން

               ވީމާ، މިކަމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން ތިރީގައިވާ ލިންކުން ވަދެ ގޫގުލް ފޯމް ފުރުއްވައި، ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެ ބޭފުޅަކު ހޮވާނީ ނަންނޯޓް ކުރައްވާ ފަރާތްތަކުގެ ތެރެއިން ޤުރުއަތުން ހޮވޭ ފަރާތަކަށެވެ. އަދި މި އަހަރު ނަންނޯޓްކުރައްވާ ބޭފުޅުންނަށް ދެން އަންނަ އަހަރުގެ ޤުރުޢަތުގައިވެސް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ވާހަކަ ދެންނެވީމެވެ.

ލިންކް: https://forms.gle/2QfgEC5jGpHstmsNA

  މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ. 

18 މާރިޗު 2024
ހޯދާ