އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 - ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުން

(IUL)38-BB/38/2024/222 :ނަންބަރު

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުން

2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

https://my.elections.gov.mv

ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް

  • ޕޯޓަލްއަށް ލޮގިން ކުރެވޭނީ ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށެވެ.
  • އީ-ފާސް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު އީ-ފާސްގެ މަޢުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ (Permission) ދޭންވާނެއެވެ.
  • ޕޯޓަލްއަށް އަޕްލޯޑްކުރެވޭނީ ހަމައެކަނި ޕީ.ޑީ.އެފް ފައިލްއެވެ.
  • ޕޯޓަލްއަށް ފޯމު އަޕްލޯޑުވުމުން ފޯމުގެ ސްޓޭޓަސް ޕޯޓަލްއިން ފެންނާނެއެވެ.

ޝަރުތު:

ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއްކަމުގައިވުން.

  • އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.
  • އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  • އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅާ ފަރާތަކީ އެ ދާއިރާއަކަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  • އޮފިޝަލެއްގެ މަސްޢޫލިއްޔަތު އަދާކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
  • މިފަދަ މަސައްކަތަކަށް ޞިއްޙީ ގޮތުން ޤާބިލު މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
  • ސްކޫލް ދަރިވަރަކަށް ނުވުން.    

އުޖޫރަ: (މި އުޖޫރަ ލިބޭނީ ޓްރެއިނިންގ ފުރިހަމަކޮށް ވޯޓުލާދުވަހު ކަނޑައެޅިފައިވާ މަޤާމުގައި މަސައްކަތްކުރުމުން)

މަޤާމު

ދެވޭ އުޖޫރަ

 ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ

-/2650ރ (ދެހާސް ހަސަތޭކަ ފަންސާސް ރުފިޔާ)

 ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ

-/2350ރ (ދެހާސް ތިންސަތޭކަ ފަންސާސް ރުފިޔާ)

ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ

-/2250ރ (ދެހާސް ދުއިސައްތަ ފަންސާސް ރުފިޔާ)

ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ

-/1000ރ (އެއްހާސް ރުފިޔާ)

މަތީގައިވާ އުޖޫރައަކީ ހުރިހާ އެލަވަންސެއް (ފޯން، ޓްރެއިނިންގ، ވޯޓުލާދުވަހުގެ އެލަވަންސް) ހިމެނޭގޮތަށް އޮފިޝަލަކަށް ޖުމްލަ ލިބޭނެ އަދަދެވެ.

  • އިންތިޚާބުތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް މަސައްކަތުގެ ވަގުތަށް ބަލައި ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިނުދޭނަމަ ތިރީގައިވާ ރޭޓުތަކުގައި ކެއުމާއި ސަޔަށްވާ ފައިސާ އޮފިޝަލުންގެ އެލަވަންސްއާއެކު ޖަމާކުރެވޭނެއެވެ.

ވޯޓުލާ ދުވަސް

ހެނދުނު ސައި

75 ރުފިޔާ

މެންދުރު ކެއުން

100 ރުފިޔާ

ހަވީރު ސައި

75 ރުފިޔާ

ރޭގަނޑު ކެއުން

100 ރުފިޔާ

 

  • މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޙާއްސަކޮށްގެން ހިންގޭ ތަމްރީނު ފުރިހަމަކުރަން ޖެހޭނެއެވެ. އަދި މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެއެވެ.
  • މި ތަމްރީނުތައް ކުރިއަށް ގެންދާނީ 2024 މާރިޗު 16 އާއި މާރިޗު 28 އާ ދެމެދުގައެވެ.

ނޯޓް:

  1. ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން ، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެއެވެ.
  2. އޮފިޝަލުން ނެގުމަށް ހަމަޖެހިފައިވަނީ އިންތިޚާބަށް ބޭނުންވާ އަދަދަށެވެ. މި އަދަދު ހަމަވުމުން އިތުރަށް އޮފިޝަލުން ނުނަގާނެއެވެ.
  3. އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތައް ހަރަކާތްތެރިވާނެ ވޯޓުލާ މަރުކަޒާއި މަޤާމު ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ (ޕޯޓަލްގައި އެޓޭޗްކުރެވޭނީ 3mb އަށްވުރެ ކުޑަ ޕީ.ޑީ.އެފް ފައިލް)
  • ވަނަވަރު (ޕޯޓަލްގައި އެޓޭޗްކުރެވޭނީ 1mb އަށްވުރެ ކުޑަ ޕީ.ޑީ.އެފް ފައިލް)
  • ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން (ޕޯޓަލްގައި އެޓޭޗްކުރެވޭނީ 2mb އަށްވުރެ ކުޑަ ޕީ.ޑީ.އެފް ފައިލް)

ސުންގަޑި:

  • އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2024 މާރިޗު 27 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
  • ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެކަމުގައި ދެންނެވީމެވެ.
18 މާރިޗު 2024
ހޯދާ