މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" މުލަކަތޮޅު ފާންތަރި އެވޯޑް 2021، 2022، 2023 " އަށް ކުރިމަތިލުމަށް ހުޅުވާލުން

          މިއަހަރު އަތޮޅު ކައުންސިލުން މުޅި އަތޮޅަށް ހުޅުވާލައިގެން މި ދަންނަވާ ދާއިރާތަކަށް އަތޮޅު ފެންވަރުގައި "މުލަކަތޮޅު ފާންތަރި އެވޯޑް 2021، 2022، 2023 " ގެ ނަމުގައި 03 އަހަރަށް ހުޅުވާލައިގެން އެވޯޑް ނައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެވޯޑް ދޭނެ ދާއިރާތައް ތިރީގައި އެވަނީ:

 

1-     އަތޮޅުގެ ހިތްމަތްތެރި ދަރިވަރު

2-     އަތޮޅުގެ ތޫނުފިލި ދަރިވަރު

3-     އަތޮޅުގެ ޝަރަފްވެރި ދަރިވަރު

4-     ސްކޫލް ޕްރޮގްރެސިވް އެވޯޑް

5-     ސްކޫލް އެޗީވްމަންޓް އެވޯޑް

6-     އަތޮޅުގެ ކާމިޔާބު އެދުރު

7-     އަތޮޅުގެ ޚިދުމަތްތެރި އެދުރު

8-     ޖަމާޢަތަށް އެންމެ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތް

9-     އެންމެ ޚިދުމަތްތެރި ކްލަބް / ޖަމްއިއްޔާ

10- އެންމެ ޚިދުމަތްތެރި ރަށުކައުންސިލް

11- އެންމެ ޚިދުމަތްތެރި އ.ތ.މ ކޮމިޓީ

12- ޚާއްސަ އިނާމް

 

          މިގޮތުން ކޮންމެ ދާއިރާއަކަށްވެސް ނަން ހުށަހެޅުއްވުމަށް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، ކަމާގުޅޭ އެހެނިހެން ލިޔުންތައް ހުށަހަޅަންވާނެއެވެ. އެޕްލިކޭޝަން ފޯމް މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާއިންނާއި، ރަށު ކައުންސިލްތަކުން ލިބެން ހުންނާނެއެވެ. އަދި އެޕްލިކޭޝަން ފޯމް ފުރުއްވައި 2024 އޭޕްރީލް 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން "މުލަކަތޮޅު ފާންތަރި އެވޯޑް ކޮމިޓީ" އަށް އެޑްރެސްކޮށް މުލަކަތޮޅު އަތޮޅު ކައުންސިލަށް ނުވަތަ މުލަކަތޮޅު ރަށު ކައުންސިލްތަކަށް ހުށަހެޅުއްވުން އެދެމެވެ.

 

           " މުލަކަތޮޅު ފާންތަރި އެވޯޑް" އާއި ބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ 6720600، 6724701 (7794309)،  6724703 (7830533)، ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. " މުލަކަތޮޅު ފާންތަރި އެވޯޑް" އަށް އެދި ހުށަހަޅާ ފޯމް ރަސްމީ ގަޑީގައި މި ކައުންސިލުންނާއި ރަށު ކައުންސިލްތަކުން ލިބެން ހުންނާނެއެވެ. އަދި މިއެވޯޑް އާއިބެހޭ އެންމެހައި މަޢުލޫމާތު މި އިދާރާގެ ވެބްސައިޓް www.meem.gov.mv  އިން ލިބެންހުންނާނެއެވެ.

18 މާރިޗު 2024
ހޯދާ