މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް
ދިވެހިރާއްޖެ
135 ވަނަ ކެންޓޮން ފެއަރގައި ބައިވެރިވުމާ ގުޅޭ

ޗައިނާ  އިމްޕޯރޓް އެންޑް އެކްސްޕޯރޓް ފެއަރ (ކެންޓޮން ފެއަރ) 15 އެޕްރީލް 2024 ފެށިގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަން، ޗައިނާގެ ސަރުކާރުން ވަނީ މި މިނިސްޓްރީއަށް އަންގާފައެވެ. އަދި މިފެއަރ އަކީ ޗައިނާ ގައި ބާއްވާ އެންމެބޮޑު ފެއަރކަމާއި، މިފެއަރ އިން ގިނަބާވަތްތަކުގެ ފެންވަރު ރަނގަޅު މުދާ ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ބައްލަވައިގަތުމާއެކު، އެކި ދާއިރާތަކުން ވިޔަފާރިތައް ކުރާފަރާތްތަކާއެކު ބިޒްނަސް މެޗް މޭކިންގ ހެދުމުގެ ފުރުޞަތު ވަރަށްބޮޑަށް ފަހިވެގެންދާނެ ފާހަގަ ކުރަމެވެ.

މިފެއަރގައި ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު އޮތްކަން އެފަރާތުން ވަނީ މި މިނިސްޓްރީއަށް އަންގާފައެވެ. ވީމާ، މިފެއަރގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ކެންޓޮން ފެއަރގެ އޮފިޝިއަލް ވެބްސައިޓް   https://www.cantonfair.org.cn/en-US މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.

18 މާރިޗު 2024
ހޯދާ