ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން ގޭބިސީތަކަށް ހަދިޔާގެ ގޮތުގައި ފޮނުވާފައިވާ ހަނޑުލާއި ފުށް ޙަވާލުކުރުން (އިސްލާޙްކުރެވިފައި)

      1445 ވަނަ އަހަރު ރަމަޞާންމަހު ސަރުކާރުން ކުޅުދުއްފުށީ ސިޓީގެ ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ 10 ކިލޯ ހަނޑޫ، އަދި 10 ކިލޯ ފުށް ދޫކުރުން 18 މާރޗް 2024 ން ފެށިގެން 27 މާރޗް 2024 ދުވަހުގެ ނިޔަލަށް؛

- 19 މާރޗް 2024 ވަނަ ދުވަހުން (މާދަމާއިން) ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 11:00 އަށް، އަދި ރޭގަނޑު 21:00 ން 22:30 ،

- ހޮނިހިރު ދުވަހު 09:30 ން 11:30 އަށް، އަދި ރޭގަނޑު 21:00 ން 22:30  ފިޔަވާލި އިމާރާތުގައި (ދަގަނޑުގެ، ކަނބުރުގެ ކުރިމަތި) އޮންނާނެއެވެ.   

                  ހަނޑޫ އަދި ފުށް ދިނުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީގެ ގޭ ބިސީތަކަށެވެ. ހަނޑޫ އަދި ފުށް ބަންދުކޮށްފައި ހުރީ 10 ކިލޯގެ ބަސްތާއިން ކަމަށްވާތީ، ތަކެއްޗާއި ޙަވާލުވުމަށް ވަޑައިގަންނަވަންވާނީ ތަކެތި އުފުލޭވަރުގެ ފަރާތެއްކަމުގައި ދަންނަވަމެވެ. އަދި ތަކެއްޗާއި ޙަވާލުވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނެވުން އެދެމެވެ.

 

 

ތަކެތި ދޫކުރަން ހަމަޖެހިފައިވާ ތަން: ފިޔަވާލި އިމާރާތް (ކުރީގެ ދަގަނޑުގެ) ބަންޑާރަމަގު ކަނބުރުގެ ކުރިމަތި

18 މާރިޗު 2024
ހޯދާ