މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ބޭނުންވެއްޖެ

1-            މިރަށު ކާޑުގޭގައި އޭސީއާއި ދޮރުފޮތި ހަރުކޮށް ފަރުނީޗަރ ރާވަން ބޭނުންވެއްޖެއެވެ. އެގޮތުން:

-         02 އޭސީއަދި 4 ދޮރުގެ ދޮރުފޮތި ހަރުކުރުން، 02 ބެޑްރޫމް ސެޓް ( އެނދު، އަލަމާރި، ޑްރެސިންގ ޓޭބަލް، ސައިޑް ކަބަޑް) ރޭވުން، ކާމެޒާއި 4 ގޮޑި ރޭވުން، ހޫނު ބޭރުކުރާއެތި (ހޫޑް) ހަރުކުރުން، އަދި ގޭސް އުދުން ގުޅުން (މިނަންބަރ ގައިވާ އެންމެހާ ތަކެތި ކައުންސިލް އިދާރާއިން ދޭނެއެވެ.)

-         ދޮރުފޮތި އެޅުވުމުގެ ކުރިން ފޮތިތައް ދޮވެ އިސްތިރި ކުރުން. ފާރު ތޮރުފަން ޖެހޭ މަސައްކަތްތައް ނިމުމުން ޢިމާރާތް ރަގަޅަށް ފޮޅައި ކުނިކަހައި ސާފުކޮށް މޮޕް އެޅުން އަދި މަސައްކަތް ނިމުމުން ފާޚާނާ ރަނގަޅަށް ދޮވެ ސާފުކޮށް މުޅި ޢިމާރާތް ރަގަޅަށް ކުނިކަހައި މޮޕް އެޅުން.

2-            މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކޯޓޭޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 24 މާރޗް 2024 ވަނަ ދުވަހުގެ 10:00 ން 12:00 އާދެމެދު މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

3-            ކޯޓޭޝަން އާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް އަދި ވެރިފަރާތުގެ އައިޑީ ކާޑު ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

4-            ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.

18 މާރިޗު 2024
ހޯދާ