ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2024 ވަނަ އަހަރު މި ޑިޕާޓްމަންޓުން އޭޕްރީލް، މެއި، ޖޫން މަހު ބާއްވާ ކެމްބްރިޖް އޯލެވެލް އަދި އެސްއެސްސީ އިމްތިޙާން ބެލެހެއްޓުމަށް ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުން

އިޢުލާން

2024 ވަނަ އަހަރު މި ޑިޕާޓްމަންޓުން އޭޕްރީލް، މެއި، ޖޫން މަހު ބާއްވާ ކެމްބްރިޖް އޯލެވެލް އަދި އެސްއެސްސީ އިމްތިޙާން ބެލެހެއްޓުމަށް  ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުން 

 2024 ވަނަ އަހަރު މި ޑިޕާޓްމަންޓްއިން ބާއްވާ ކެމްބްރިޖް އޯލެވެލް އަދި އެސްއެސްސީ އިމްތިޙާންތައް ބެލެހެއްޓުމަށްޓަކައި ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

ބޭނުންވާ އަދަދު:

ޗީފް އިންވިޖިލޭޓަރ

02

އިންވިޖިލޭޓަރ

10

 

 

ޝަރުޠު:

ޗީފް އިންވިޖިލޭޓަރުންނާއި އިންވިޖިލޭޓަރުންގެ ޝަރުޠުތައް:

  1. ޗީފް އިންވިޖިލޭޓަރ ކަމުގެ ތަމްރީން ފުރިހަމަ ކޮށްފައިވުން (ހަމައެކަނި ޗީފް އިންވިޖިލޭޓަރުންނަށް)
  2. ދިވެހި ރައްޔިތަކަށް ވުން
  3. އުމުރުން 18 އަހަރު ފުރިފައިވުން
  4. ޖީސީއީ އޯލެވެލް ފެންވަރަށް ދިވެހި ބަހާއި އިނގިރޭސި ބަސް އެނގޭ މީހަކަށްވުން.
  5. އިމްތިޙާންގެ ކެނޑިޑޭޓެއް ކަމުގައި ނުވުން
  6. އިމްތިހާނުގައި ބައިވެރިވާ ކެނޑިޑޭޓެއްގެ މަންމަ، ބައްޕަ ، އަނބިމީހާ، ފިރިމީހާ ދަރިއެއް، ދެބޭންގެ ދެދަރި ކުއްޖެއް، މާމަ ކާފަ ދަރިއެއް، އެއްބަނޑު ނުވަތަ  އެއްބަފާ މީހެއް، ބަލަދުވެރިކަމުގެ ދަށިގައިވާ މީހެއް، އެއްބަނޑު /އެއްބަފާ / އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެއް އަދި ތިމާ އުޅޭ ގޭގައި އުޅޭ ކުއްޖެއް   ކަމުގައި ނުވުން. 

 

މަސްޢޫލިއްޔަތު:

އިމްތިހާން އޮންނަ ގަޑިތަކުގައި ޗީފް އިންވިޖިލޭޓަރ ، އިންވިޖިލޭޓަރެއްގެ ހައިސިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ޑީޕީއީ އިން އަންގާގޮތެއްގެ މަތިން ކުރުން

އުޖޫރަ

1. ޗީފް އިންވިޖިލޭޓަރ ( މަސައްކަތް ކުރާ ކޮންމެ ސެޝަނަކަށް -/300 ރ ( ތިންސަތޭކަ ) ރުފިޔާ

2. އިންވިޖިލޭޓަރ ( މަސައްކަތް ކުރާ ކޮންމެ ސެޝަނަކަށް -/200  ރ ( ދުއިސައްތަ) ރުފިޔާ

މަސައްކަތް ކުރިއަށް ދާނެ މަސްތައް:

އެޕްރީލް، މެއި އަދި ޖޫން

ހުށަހަޅަންޖެހޭ ތަކެތި:

  1. އިންވިޖިލޭޓުކަން ކުރުމަށް އެދޭ ފޯމު
  2. ތަޢުލީމީ ރޮނގުން ލިބިފައިވާ އެންމެ މަތީ ސެޓިފިކެޓްގެ ކޮޕީ
  3.  ވަނަވަރު
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  5. ބޭންކް އެކައުންޓް ނަންބަރު ކަށަވަރު ކުރާނެ ލިޔުން.

ސުންގަޑި:

 2024 މާރިޗު 27 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ  ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު،  ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ހ. އަސްރަފީވިލާ، 2 ވަނަ ފަންގެފިލާ، މަޖީދީމަގު) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
  • މިކަމާ ގުޅޭ ފޯމުތައް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.

 

17 މާރިޗު 2024
ހޯދާ