މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.އޭދަފުށީ ފުޓްސަލް ކަޕް 2024 މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ކަންކަން ކޮށްދިނުމުގެ އަގު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން

އިޢުލާން

 

ބ.އޭދަފުށީ ފުޓްސަލްކަޕް 2024 މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ކަންކަން ކޮށްދިނުމުގެ އަގު ( ކޯޓޭޝަން ) ހުށަހެޅުމަށް ހުޅުވާލުން

 

            މި ކައުންސިލްގެ ފަރާތުން 2024 އޭޕްރިލް 8 ން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ކޯޓޭޝަން ހުށަހަޅުއްވާއިރު ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ކޯޓޭޝަންއެކެވެ. އަދި ހުށަހަޅުއްވާ ކޯޓޭޝަންގައި މުއްދަތު ބަޔާންކުރެވިފައިވާންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ކޯޓޭޝަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ކޯޓޭޝަންތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާޠިލުވާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

           ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2024 މާރިޗު 20 ވާ ބުދަ ދުވަހުގެ 12:00 އަށް މިއިދާރާއަށް ވަޑައިގެން މަސައްކަތުގެ އަގު (ކޯޓޭޝަން) ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޖުމާން (9999038) އަށް ގުޅުއްވުން އެދެމެވެ.

17 މާރިޗު 2024
ހޯދާ