ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނައިފަރު ކައުންސިލް އިދާރާއަށް އިންފޮރމޭޝަން ޓެކްނޮލޮޖީ ކޮންސަލްޓަންޓަކު ހޯދުން

ނައިފަރު ކައުންސިލް އިދާރާއަށް އިންފޮރމޭޝަން ޓެކްނޮލޮޖީ ކޮންސަލްޓަންޓަކު ހޯދުން

ނައިފަރު ކައުންސިލްގެ އިދާރާގެ ކަންކަން ހަރުދަނާގޮތަކަށް ހިންގުމަށްޓަކައި، އައި.ޓީ ރޮނގުން ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުމާއި އެކަމަށް ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމަށްޓަކައި އިންފޮރމޭޝަން ޓެކްނޮލޮޖީ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރެންސް މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

 

 

ޕްރޮޕޯސަލް ހުށަހެޅުން:

ޕްރޮޕޯސަލް ހުށަހަޅާ ފަރާތުން ނުވަތަ އެ ފަރާތުން ކަނޑައަޅާ ފަރާތަކުން، ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުވާންވާނެއެވެ. ބަދަލުގައި އަންނަ ނަމަ ހުށަހަޅާ ފަރާތުގެ ހުއްދަ ލިބިފައިވާކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. މިބައްދަލުވުމަށް ހާޒިރުނުވާ ފަރާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މި ބައްދަލުވުން އޮންނާނީ 21 މާރިޗް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ނައިފަރު ކައުންސިލް އިދާރާގައެވެ.

 

 

އެޕްލިކޭޝަންއާއި އެކު ހުށަހަޅުއްވަން ޖެހޭ ލިޔެކިޔުން:

  • އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  • ސީ.ވީ
  • އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓް
  • މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނެ ރެފެރަންސް ލެޓަރތަކުގެ ކޮޕީ
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ  

 

 

 

 

ކޮންސަލްޓަންޓަކު ހޮވުން:

މި މަސައްކަތް ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ޓާރމްސް އޮފް ރިފަރެންސްގައިވާގޮތުގެމަތީން ޓެކްނިކަލް އިވެލުއޭޝަން ހެދުމަށްފަހު އޭގެތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭފަރާތަކަށެވެ. މިމަސައްކަތަށް ހޮވޭ ފަރާތުން ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކުގެ އަސްލާއެއްގޮތްކަމުގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

ހުށަހަޅުއްވާ ޕްރޮޕޯސަލް އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް

ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ

ޅ. ނައިފަރު ދިވެހިރާއްޖެ

6620068

17 މާރިޗު 2024
ހޯދާ