ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
" ގެމަނަފުށި ކައުންސިލް ފުޓްސަލް ޓޯރނަމެންޓް 2024 "

" ގެމަނަފުށި ކައުންސިލް ފުޓްސަލް ޓޯރނަމެންޓް 2024 "

 

          މިހިނގާ 2024 ވަނަ އަހަރުގެ ޖޫން 18 ވަނަ ދުވަހު މިރަށުގެ ޓީމްތަކަށް އަމާޒުކޮށްގެން ފިރިހެނުންނަށް ފުޓްސަލް މުބާރާތެއް ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

 

          ވީމާ، މި މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމްތަކުން 25 އެޕްރީލް 2024 ގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ދުރުވެ މުބާރާތުގެ ބައިވެރިވުމުގެ ފީ 3000.00 ( ތިންހާސް ރުފިޔާ ) ދެއްކެވުމަށްފަހު މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ.

 

         މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ. މި މުބާރާތުގެ ވަނަވަނައަށް ހޮވޭ ޓީމްތަކަށް ފައިސާގެ އިނާމެއް ގޮތުން ތިރީގައި މިދަންނަވާ އިނާމް ދެވޭނެއެވެ.

 

މުބާރާތުގެ ޗެންޕިއަން ޓީމަށް: 50,000.00 (  ފަންސާސް ހާސް ރުފިޔާ )

މުބާރާތުގެ ރަނަރަޕް  ޓީމަށް: 25,000.00 ( ފަންސަވީސް ހާސް ރުފިޔާ )

 

         މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

7 ރަމަޟާން 1445ހ.

17 މާރިޗް 2024 މ. 

17 މާރިޗު 2024
ހޯދާ