ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑުކޮމެޓީގެ 2024 ވަނަ އަހަރުގެ 10 ވަނަ ޖަލްސާގެ ނިންމުން އާންމުކުރުން

އިޢުލާން

 

ތާރީޚް: 17 މާރޗް 2024

ނަންބަރ: (IUL)327-A/327/2024/71

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

                     

ތިރީގައި އެވަނީ 16 މާރޗް ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 10 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

 

1)      ކުޑަކުދިންގެ ޕާކް ތަރައްގީކުރާ ބިމުގައި އައުޓްޑޯރ ޖިމް ތަރައްގީކުރަމުން އަންނަ އެމް އެލް ކޮންސްޓްރަކްޝަނުން ހުށަހަޅާފައިވާ ސިޓީއާއި ގުޅިގެން ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.49 ގެ (ނ) ގައި ބަޔާންކުރާ އަގަށް ފެތޭތީވެ އިތުރު ކުރެވޭ މަސައްކަތުގެ އަގު ކަމަށް އެމް އެލް ކޮންސްޓްރަކްޝަނުން ހުށަހަޅާފައިވާ 58،813.83ރ ގެ ވޭރިއޭޝަން ގެނައުމަށް ފެންނަކަމަށާއި އިތުރު ކުރެވޭ މަސައްކަތް ނިންމުމަށް ހުށަހަޅާފައިވާ 30 ދުވަހުގެ މުއްދަތަކީ މި މަސައްކަތް ނިންމުމަށް އެކަށީގެންވާ ވަރަށް ވުރެން ދިގު މުއްދަތެއް ކަމުގައިވާތީ މަސައްކަތް ނިންމުމަށް 10 ދުވަހުގެ މުއްދަތު އިތުރުކޮށްދީ އެއްބަސްވުމަށް ބަދަލު ގެނައުމަށް ފެންނަކަމަށް ނިންމުން. 

2)      ކުޑަކުދިންގެ ޕާކް ތަރައްގީކުރާ ބިމުގައި ބެލެނިވެރިންގެ ހިޔާ ތަރައްގީކުރަމުން އަންނަ އެޗް ވޯކްސް އިން ހުށަހަޅާފައިވާ ސިޓީއާއި ގުޅިގެން އެޗް ވޯކްސް އިން ހުށަހަޅާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަމަކީ އެއްބަސްވުމުގެ 4.5 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ކޮންޓްރެކްޓަރުގެ އަމިއްލަ ބާރު ނުހިނގާ ކަމެއްކަމުގައި ނުބެލެވޭތީއާއި އެއްބަސްވުމުގެ 6، 7.2 އަދި 7.3 ވަނަ މާއްދާއަށް ރިއާޔަތްކޮށް މަސައްކަތުގެ މުއްދަތު އިތުރު ކުރުމަށް ނުފެންނަކަމަށް ނިންމުން.

3)      ޅ. ނައިފަރުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/56 އިޢުލާނާއި ގުޅިގެން ބިޑް ސެކިއުރިޓީ ހުށަހަޅަން ޖެހޭނީ ފަސް ލައްކައަށްވުރެ މަތީ ބީލަން ތަކާއި އެކުގައި ކަމުގައިވެފައި ބްރިލިއެންޓް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ އަގަކީ ފަސް ލައްކައަށްވުރެން ކުޑައަގަކަށްވާތީވެ އިވެލުއޭޝަން މަރުހަލާގައި މި ބީލަން ހިމެނިފައި ނުވާތީވެ އިވެލުއޭޝަންގައި މި ބީލަން ހިމަނައި، އިވެލުއޭޓްކޮން އަލުން ބިޑް ކޮމެޓީއަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމުން.

 

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

 

                                      17 މާރޗް 2024

17 މާރިޗު 2024
ހޯދާ