ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ އެސް.އެސް.ސީ އިމްތިހާނުގެ މާކަރުން ހޯދުން

މި އިޢުލާންވަނީ 18 މާރިޗު 2024 09:31 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

 

       2024 ވަނަ އަހަރުގެ ސާނަވީ (އެސްއެސް.ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރާނެ އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން، މާކަރުން އަދި ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި މަސައްކަތްކޮށްދޭނެ މީހުން ހޯދުން

 

2024 ވަނަ އަހަރުގެ ސާނަވީ އިމްތިހާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ އެގްޒެމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން، މާކަރުން އަދި ކްލެރިކަލް މުވައްޒަފުން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

ބޭނުންވާ އަދަދު:

މަޤާމް

ދިވެހި

އިސްލާމް

މަސައްކަތްކުރަންޖެހޭ މުއްދަތު

އެގްޒޭމިނަރ

2

2

02 މެއި އިން 23 މެއި 2024 އަށް

އޮޑިޓަރ

4

4

02 މެއި އިން 23 މެއި 2024 އަށް

މޮޑަރޭޓަރ

8

8

02 މެއި އިން 23 މެއި 2024 އަށް

މާކަރ

40

40

07 މެއި އިން 23 މެއި 2024 އަށް

ކްލެރިކަލް މުވައްޒަފު

13

13

07 މެއި އިން 23 މެއި 2024 އަށް

 

ޝަރުޠު:

އެގްޒަމިނަރ، އޮޑިޓަރ އަދި މޮޑަރޭޓަރކަމަށް އެދޭ މީހުންގެ ޝަރުޠު:

  1. މިއަހަރު އިމްތިޙާނުގައި ތިމާ، ތިމާގެ ދަރި ބައިވެރި ވެފައިވާ ފަރާތަކަށް ނުވުން
  2. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓަރ ޑިގްރީ ޙާޞިލް ކޮށްފައިވުން
  3. މާކުކުރާ މާއްދާގެ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުމާ އެކު، ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ދެ އަހަރު މާކިން މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެފައިވުން

ނުވަތަ ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން

ނުވަތަ ރަސްމީ މަސައްކަތެއްގެ ގޮތުގައި  މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުގައި ފަންނީލަފާދިނުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން

  1. ވޭތުވެދިޔަ އަހަރު މާކަރެއްގެ ގޮތުގައި މާކިންގައި ބައިވެރިވެފައިވާނަމަ، މާކިން ނިމުނުއިރު ލިބިފައިވާ ޕޮއިންޓް 85 އަށް ވުރެ ދަށްވެފައި ނުވުން.
  2. އިސްލާމް މާކު ކުރުމަށް އެގްޒޭމިނަރުން ކަނޑައެޅުމުގައި ޢަރަބި ބަހުން ދީނީ ތަޢުލީމުގެ ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މާކުކުރުމަށް އެދޭ މީހުންގެ ޝަރުޠު:

  1.  މިއަހަރު އިމްތިޙާނުގައި ބައިވެރިވެ އިމްތިޙާނު ހަދައިފައިވާ ފަރާތަކަށް ނުވުން
  2.  މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާ އެކު، ކީސްޓޭޖް 4 ނުވަތަ 5 ގެ ސިލަބަހަށް ސްކޫލެއްގައި ކިޔަވައިދޭ ފަރާތަކަށްވުން

ނުވަތަ ސިލަބަހުގެ މަސައްކަތުގައި މިހާރު ވެސް ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތަކަށްވުން

ނުވަތަ  ރަސްމީ މަސައްކަތެއްގެ ގޮތުގައި  މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓުމަންޓުގައި ފަންނީލަފާދިނުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން ނުވަތަ ދިވެހި / އިސްލާމް ޓީޗަރުން ތަމްރީން ކުރުމުގެ މަސައްކަތް ކުރާ ފަރާތަކަށްވުން

ކްލެރިކަލް މުވައްޒަފުންނަށް އެދޭ މީހުންގެ ޝަރުޠު:

  1. މާކިންގެ އިދާރީ މަސައްކަތް ކުރުމަށް އެއްބަސްވާ އަހަރުގެ އިމްތިޙާނުގައި ތިމާ ނުވަތަ ތިމާގެ ދަރި ބައިވެރި ވެފައިނުވުން
  1. ސާނަވީ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން.

ނުވަތަ މާކިންގެ އިދާރީ މަސައްކަތުގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

 

މަސްޢޫލިއްޔަތު:

1-      އެގްޒޭމިނަރުން،އޮޑިޓަރުން، މޮޑަރޭޓަރުން: 2024 ވަނަ އަހަރު އެޕްރީލްމަހުގައި އޮންނަ ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި އެކުލަވާލާ އިސްޓީމުގެ މެމްބަރެއްގެ ގޮތުގައި ބައިވެރިވެ، ޗީފް އެގްޒޭމިނަރގެ ލަފަޔާ އިރުޝާދުގެ ދަށުން އެ އިމްތިޙާނުގެ މާކިންގ ސްކީމް ފައިނަލްކުރުމާއި މާކަރުންގެ ވާކްޝޮޕް ބޭއްވުމާއި މާކިން މަސައްކަތް ބެލެހެއްޓުމާއި ދޭންޖެހޭ ލަފާދިނުމާއެކު ނިންމަންޖެހޭ ނިންމުންތައް ނިންމުން.

2-      މާކަރުން: 2024 ވަނަ އަހަރު އެޕްރީލްމަހުގައި އޮންނަ ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި އިސްޓީމުގެ ލަފަޔާ އިރުޝާދުގެ ދަށުން ދަރިވަރުންގެ ޖަވާބު ކަރުދާސްތައް މާކުކުރުން

3-      ކުލެރިކަލް ސްޓާފުން: 2024 ވަނަ އަހަރު އެޕްރީލްމަހުގައި އޮންނަ ސާނަވީ އިމްތިޙާނުގެ ނަތީޖާ ނެރުމަށްޓަކައި ޗީފް އެގްޒޭމިނަރުގެ ލަފަޔާ އިރުޝާދުގެ ދަށުން އިދާރީ އެންމެހާ މަސައްކަތް ކުރުން

 

އެގްޒަމިނަރުންނާއި އޮޑިޓަރުންނަށް މާކުސް ލިބޭ ގޮތް

ތަޢުލީމް

20

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ

10

މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ

20

ޕުރެކުޓިކަލް ޓެސްޓް (ސުވާލުކަރުދާސް މާކު ކުރުން)

30

އިންޓަވިއު

20

 

މޮޑަރޭޓަރުންނާއި މާކަރުންނަށް މާކުސް ލިބޭ ގޮތް

ތަޢުލީމް

20

ކިޔަވައިދިނުމާގުޅޭ މަސައްކަތުގެ ތަޖުރިބާ

10

މާކު ކުރުމުގެ މަސައްކަތުގެ ތަޖުރިބާ

20

ވޯކްޝޮޕްގެ ނަތީޖާ

50

 

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  1. އެގްޒޭމިނަރުން، އޮޑިޓަރުން، މޮޑަރޭޓަރުން ކަނޑައަޅާނީ މާކު ކުރުމުގެ މަސައްކަތަށް އެދޭ ފޯމުން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށް.
  2. މާކަރުން ކަނޑައަޅާނީ މާކު ކުރުމުގެ މަސައްކަތަށް އެދޭ ފޯމުން ކަނޑައެޅިފައިވާ ޕޮއިންޓާއި 4 ދުވަހުގެ މާކިންގ ވާރކްޝޮޕް ފުރިހަމަ ކުރުމުން ލިބުނު ޕޮއިންޓް ޖުމުލަ ކުރުމުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށް.

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

  1. މާކިންގ ސްކީމް ފައިނަލް ކުރުން:

   02 މެއި 2024 އިން 06 މެއި 2024 އަށް (08:30 އިން 18:00 އަށް)

  1. މާކިންގ ވާރކްޝޮޕް:

07 މެއި 2024 އިން 09 މެއި 2024 އަށް (08:30 އިން 18:00 އަށް)

  1. މާކިންގ:

11 މެއި 2024 އިން 23 މެއި 2024 އަށް (08:30 އިން 18:00 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް)

އުޖޫރަ:

  1. މާކިންގ ސްކީމް ފައިނަލް ކުރުމާއި މޮޑަރޭޓަރުންގެ ވާރްކްޝޮޕާއި މާރކިންގ ވާރކްޝޮޕް ހިންގައި ދިނުން: 12،000.00  (ބާރަހާސް) ރުފިޔާ
  2. އެގްޒޭމިނަރުގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމުލަ ޢަދަދާއި މަސްއޫލިއްޔަތު އެލަވަންސް ގޮތުގައި -/5,000ރ (ފަސްހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.  
  3. އޮޑިޓިންގ އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމުލަ ޢަދަދާއި މަސްއޫލިއްޔަތު އެލަވަންސް ގޮތުގައި -/4,000ރ (ހަތަރުހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  4. މޮޑަރޭޓިންގ އެގްޒޭމިނަރެއްގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޖޫރައަކީ، އެ އަހަރަކު މާކުކުރާ މާކަރަކަށް ކަރުދާހަށް އެވްރެޖްކޮށް ޖެހޭ ޖުމުލަ ޢަދަދާއި މަސްއޫލިއްޔަތު އެލަވަންސް ގޮތުގައި -/3,000ރ (ތިންހާސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
  5. މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް 60.00 (ފަސްދޮޅަސް) ރުފިޔާ އެވެ.
  6. މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1,000.00 (އެއްހާސް) ރުފިޔާ އެވެ.
  7. ކުލިރިކަލް މުވައްޒަފުން މަސައްކަތް ކުރާ ކޮންމެ ގަޑިއަކަށް -/60 ރ( ފަސްދޮޅަސް ރުފިޔާ )

ކުލިރިކަލް މުވައްޒަފުން މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1,000.00 (އެއްހާސް) ރުފިޔާ އެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  1. މާކިންގެ މަސައްކަތަށް އެދި ހުށަހަޅާ ފޯމު
  2. ވަނަވަރު (ސީ.ވީ)
  3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވަ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ
  5. ވަޒީފާ އަދާކުރާނަމަ އެކަމުގެ ލިޔުން (03 މަސް ހަމަނުވާ)

ސުންގަޑި:

 2024 މާރިޗު 25 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ " މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު (ހުރިހާ ޑޮއިކުމަންޓްތައް އެއް ޕީ.އެޕް.އެފް. ފައިލްގައި ހިމަނާފައި) ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އަށް އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ. (ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އީ-މެއިލް މެދުވެރިކޮށް)
  • މާކުކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އެސް.އެސް.ސީ/އެޗް.އެސް.ސީ އިމްތިޙާނު މާކު ކުރުމުގެ މަސައްކަތަށް މީހުންނެގުމުގެ އުސޫލު  މި ޑިޕާޓްމަންޓް ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
17 މާރިޗު 2024
ހޯދާ