ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން ގޭބިސީތަކަށް ހަދިޔާގެ ގޮތުގައި ފޮނުވާފައިވާ ހަނޑުލާއި ފުށް ޙަވާލުކުރުން

މި އިޢުލާންވަނީ 18 މާރިޗު 2024 12:45 ގައި ބާތިލް ކުރެވިފައެވެ.


1445 ވަނަ އަހަރު ރަމަޞާންމަހު ސަރުކާރުން ކުޅުދުއްފުށީ ސިޓީގެ ގޭބިސީތަކަށް ދިނުމަށް ހަމަޖެހިފައިވާ 10 ކިލޯ ހަނޑޫ، އަދި 10 ކިލޯ ފުށް ދޫކުރުން 18 މާރޗް 2024 ން ފެށިގެން 25 މާރޗް 2024 ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 11:00 އަށް، އަދި ހޮނިހިރު ދުވަހު 09:30 ން 11:30 އަށް ފިޔަވާލި އިމާރާތުގައި (ދަގަނޑުގެ، ކަނބުރުގެ ކުރިމަތި) އޮންނާނެއެވެ.   

ހަނޑޫ އަދި ފުށް ދިނުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައި ރަސްމީކޮށް ރަށްވެހީންގެ ރަޖިސްޓަރީ (ރީނދޫ ކާޑު) ހައްދާފައިވާ ގެތަކަށެވެ. ހަނޑޫ އަދި ފުށް ބަންދުކޮށްފައި ހުރީ 10 ކިލޯގެ ބަސްތާއިން ކަމަށްވާތީ، ތަކެއްޗާއި ޙަވާލުވުމަށް ވަޑައިގަންނަވަންވާނީ ތަކެތި އުފުލޭވަރުގެ ފަރާތެއްކަމުގައި ދަންނަވަމެވެ.

ތަކެއްޗާއި ޙަވާލުވާ ފަރާތަކީ އެގެއެއްގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި ތަކެއްޗާއި ޙަވާލުވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނެވުން އެދެމެވެ.

ތަކެތި ދޫކުރަން ހަމަޖެހިފައިވާ ތަން: ފިޔަވާލި އިމާރާތް (ކުރީގެ ދަގަނޑުގެ) ބަންޑާރަމަގު ކަނބުރުގެ ކުރިމަތި

17 މާރިޗު 2024
ހޯދާ