މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީޑިއާ އެގްޒެކެޓިވް - ކޮންޓްރެކްޓް

އިޢުލާނު 

މަޤާމު:

މީޑިއާ އެގްޒެކެޓިވް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 3 އަހަރު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

20,000.00 ރުފިޔާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ސިޓީ ކައުންސިލުން ހިންގާ އެކިއެކި ޕްރޮގްރާމްތަކަށް ބޭނުންވާ ކޮންޓެންޓްތައް ތައްޔާރުކުރުން.
  2. މާލޭ ސިޓީ ކައުންސިލްގެ ސޯޝަލް މީޑިއަރ އެކައުންޓުތައް އޮޕަރޭޓްކުރުމަށް ބޭނުންވާ ގްރެފިކްސް ކޮންޓެންޓު ތައްޔާރުކުރުން.
  3. ކައުންސިލުން ނިންމާ ނިންމުންތައް ކައުންސިލްގެ ވެބްސައިޓަށް އަޕްލޯޑް ކުރުމާއި، ކައުންސިލްގެ ރަސްމީ ސޯޝަލްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް ޚަބަރު ފެތުރުން.
  4. ކައުންސިލްގެ ފަރާތުން ބާއްވާ އިވެންތުތަކާއި، ބައްދަލުވުންތައް ބާއްވާ ދުވަހާއި، އެ ބައްދަލުވުންތަކުގެ ބޭނުމާއި އެ ބައްދަލުވުންތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ރޭޑިއޯ، ޓީވީ ސްޓޭޝަންތަކާއި އަދި އެހެނިހެން ސޯސަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް އާއްމުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތްކުރުން.
  5. ކައުންސިލްގެ ފަރާތުން ބާއްވާ އިވެންޓުތަކާއި، ބައްދަލުވުންތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓުތަކާއި ޚަބަރުތައް ތައްޔާރުކޮށް  ރޭޑިއޯ، ޓީވީ ސްޓޭޝަންތައް އަދި އެހެނިހެން ސޯސަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް އާއްމުންނަށް  މައުލޫމާތު ހިއްޞާކުރުން.
  6. މާލޭ ސިޓީ ކައުންސިލުންބާއްވާ އިވެންޓްތަކާއި ބައްދަލުވުންތަކުގެ ފޮޓޯ ނެގުމާއި، ޓީވީ، ޕްރިންޓް މީޑިއާ އަދި އެހެނިހެން ސޯސަލް މީޑިއާ ވަޞީލަތްތައް މެދުވެރިކޮށް އާއްމުންނާއި މައުލޫމާތު ހިއްސާކޮށް ބެލެހެއްޓުން.
  7. މާލޭ ސިޓީ ކައުންސިލުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ މައުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް މައުލޫމާތު ހިއްޞާކުރުން.
  8. އޮފީހުގެ އެކިއެކި ކަންކަމާގުޅިގެން މީޑިއާ ތަކަށް ފޯރުކޮށްދޭންޖެހޭ ޚަބަރު ތައްޔާރުކުރުމާއި، ޚަބަރު ފޯރުކޮށްދިނުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން.
  9. މާލޭ ސިޓީ ކައުންސިލުން ނެރޭ ނޫސްބަޔާންތަކާއި، މާލޭ ސިޓީ ކައުންސިލުން ކުރަމުންގެންދާ މަސައްކަތާ ގުޅިގެން ސާއިރުކޮށް ނެރޭ ލިޔެކިޔުންތައް އާކައިވްކޮށް ބެލެހެއްޓުން.
  10. މާލޭ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކާ ގުޅިގެން ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ކަމާބެހޭ ސެކްޝަންތަކުގެ ލަފާގެ މަތިން ތައްޔާރުކޮށް އާންމުކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުން.
  11. މާލޭ ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކާއި ގުޅިގެން ނެރެންޖެހޭ  އިންހައުސް މަޖައްލާ އަދި ލީފްލެޓްފަދަ ތަކެތި ތައްޔާރުކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކޮށް މިކަންކަމާއި ގުޅިގެން ކުރަންޖެހޭ އެއްމެހާ މަސައްކަތްތައް ބެލެހެއްޓުން.
  12. މާލޭ ސިޓީ ކައުންސިލްގެ ޓުވިޓަރ، ފޭސްބުކް، ވެބްސައިޓް އަދިވެސް އެހެނިހެން ސޯސަލް މީޑިއާ އެކައުންޓްތައް ޖުމްލަކޮށް ބެލެހެއްޓުން.
  13. މުނިސިޕަލް މަސައްކަތްތަކާ ސިސާސަތުތަކާގުޅިގެން ފޯރުކޮށްދޭންޖެހޭ މައުލޫމާތުތަކާއި ހޭލުންތެރިކުރުމުގެ މަސައްކަތްކުރުން.
  14. މާލޭސިޓީ ކައުންސިލާއި ބޭރުގެފަރާތްތަކާއި ގުޅިގެން ހިންގާ ހަރަކާތްތަކާއި ކުރަންޖެހޭ މަސައްކަތްތައް އިދާރާގެ ވެބްސައިޓަށް އަޕްލޯޑް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން މެނޭޖްމަންޓް ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް / 04 މަސްހަމަނުވާ (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 މާރިޗް 2024 ގެ 13:00 ގެ ކުރިން، ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް އެޕްލިކޭޝަނެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                                   06 ރަމަޟާން 1445
16 މާރިޗު 2024
ހޯދާ