މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މެނޭޖްމަންޓް ކޮންސަލްޓެންޓް - ކޮންޓްރެކްޓް

އިޢުލާނު 

މަޤާމު:

މެނޭޖްމަންޓް ކޮންސަލްޓެންޓް

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް - 3 އަހަރު 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ

މުސާރަ:

30,000.00 ރުފިޔާ.

އިތުރުގަޑި:

މުސާރައިގެ %50

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ ސިޔާސަތުތަށް ތަންފީޒުކުރުން ހަލުވިކުރުމަށް އިދާރީ ހިންގުމަށް ގެންނަންޖެހޭ ބަދަލުތަށް ފާހަގަކޮށް ނުކުންނާނެ ނަތީޖާ ވަޒަންކޮށް ރިޕޯޓްތައް ހަދައި ތަންފީޒުކުރުމަށް އަމަލީގޮތުން މަސައްކަތްކުރުން.
  2. ތަނުގެ ހިންގުން ހަލުވިކުރުމަށް ޒަމާނީގޮތްތައް ހޯދައި ބަދަލުތަށް ގެންނަންޖެހޭ ކަންކަމަށް ބަދަލުތަށް ގެނައުމުގެ އަމަލީ މަސައްކަތްކުރުން.
  3. މެނޭޖްމެންޓް އޮޑިޓްތައް ހަދައި ގެންނަންނެޖޭ ބަދަލުތައް ފާހަގަކޮށް ތަންފިޒުކުރުމަށް ޢަމަލީގޮތުން މަސައްކަތްކުރުން.
  4. ކައުންސިލްގެ ސިޔާސަތުތަށް ތަންފީޒުކުރުމުގައި މޭޔަރ އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއެކު އެފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދޭންޖެހޭ ލަފައާއި އިރުޝާދު ދިނުމާއި އެކަމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކުރުން.
  5. ކައުންސިލްގެ ސިޔާސަތުރަށް ރޭވުމުގައި ލަފައަށް އެދިއްޖެ ހިނދެއްގައި ލަފައާއި އިރުޝާދުދީ، ދެވޭ ލަފައާއި އިރުޝާދުގެ ބުރަދަން ހުރި މިންވަރު ވަޒަންކުރެވޭނެ މޭރުމަކުން ލިޔެކިޔުން ތައްޔާރުކުރަންޖެހިއްޖެ ހިންދެއްގައި އެ ލިޔެކިޔުން ތައްޔާރުކޮށް ހުށަހެޅުން.
  6. ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަކުގައި ހުންނަ ސްޓްރެޓަޖީއާއި ގުޅޭ ކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެކަމެއްގެ ވަގުތުގައި އަޅަމުން ގެންދިއުން.
  7. ހަވާލުކުރެވޭ މަސައްކަތުގެ ދާއިރާގެ ޔުނިޓްގެ އެންމެހާ މަސައްކަތްތައް އިސްވެ ބެލެހެއްޓުން.
  8. ކައުންސިލްގެ ބަޖެޓާއި ވަޞީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުން.
  9. ސްޓްރެޓަޖީތަކާއެކު ތަނުގެ މުވައްޒަފުންގެ ވިސްނުމަށް ގެންނަންޖެހޭ ބަދަލުތަކާއި، އެ ބަދަލުތަކާއެކު މުވައްޒަފުންގެ މުރާލިކަން އިތުރުކުރުމަށް ރާވަންޖެހޭ އެންމެހާ ތަމްރީނުތައް ރާވައި ތަމްރީނު ދިނުން.
  10. ކައުންސިލްގެ އެކިއެކި ސިޔާސަތުތަކާ ގުޅިގެން ބާއްވާ ބައްދަލުވުންތަކުގެތެރެއިން ދައުވަތުދެވޭ ބައްދަލުވުންތަކުގައި ބައިވެރިވެއުޅުމާއި، އަމިއްލަ އިޚްތިޔާރުގައި ހިންގަންޖެހޭ ބައްދަލުވުންތައް އެހިނދަކަށް ބޭއްވުން.
  11. ކައުންސިލްގެ އެކިއެކި ސިޔާސަތުތަށް ތަންފީޒުވަމުންދާ މިންވަރު ވަޒަންކޮށް ސެކްރެޓަރީ ޖެނެރަލްއަށް ރިޕޯޓް ހުށަހެޅުން.
  12. ކައުންސިލްގެ ސިޔާސަތުތަށް ތަންފީޒުވަމުންދާ މިންވަރު ވަޒަންކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށް ބެލެހެއްޓުން.
  13. ކައުންސިލްގެ ހޭދައާއި ނެރެވޭ ނަތީޖާއާއި މިނެކިރައި މަސައްކަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަކުރަމުން ގެންދިއުން.
  14. ނަތީޖާ ވަޒަންކުރުމަށް ބޭނުންވާ އެންމެހާ ފޯމެޓްތައް ޑިޒައިންކުރުމުގެ މަސައްކަތް އިސްވެ ބެލެހެއްޓުމާއެކު ވަޒަންކުރުމުގެ މަސައްކަތްތައް ހިންގުން.
  15. ރަށްވެހިކަމުގެ ތަރްޤީއަށް ބޭނުންވާ އެންމެހާ ސްޓްރެޓަޖީތަށް ހަދައި، ޑިޒައިންތައް ފަރުމާކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  16. ސިޓީ ކައުންސިލްގެ ދާއިރާއިން އެނހިނދަކަށް ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  17. ސިޓީ ކައުންސިލްގެ ފަރާތުން ބާއްވާ އާންމު ރައްޔިތުންނާ ގުޅުންހުރި އެންމެހައި ބައްދަލުވުންތަކާއި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. އޮނަރސް ބެޗްލަރ އޮފް އަރޓްސް އިން މަރކެޓިންގ ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ކޮންޓްރެކްޓް ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ވެބްސައިޓުންނާއި (www.malecity.gov.mv) ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ޕޮލިސް ރިޕޯޓް / 04 މަސްހަމަނުވާ (ޕޮލިސް ރިޕޯޓް ހުށަނާޅާނަމަ ފޯމް ބަލައި ނުގަނެވޭނެ).
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

  7. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 މާރިޗް 2024 ގެ 13:00 ގެ ކުރިން، ހ.ހުޅުގަލި 03 ވަނަ ފަންގިފިލާގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: މެއިލް މެދުވެރިކޮށް ފޮނުވާ އެއްވެސް އެޕްލިކޭޝަނެއް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3025408 / 7989840) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

                                   06 ރަމަޟާން 1445

                                

16 މާރިޗު 2024
ހޯދާ