ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޓޭޝަން ސުޕަވައިޒަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސްޓޭޝަން ސުޕަވައިޒަރ

ވަޒީފާގެ ދާއިރާ:

އދ. މަހިބަދޫ އިންޖީނުގެ

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/9,000ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން އެޑްވާންސްޑް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާ ޙާޞިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 07 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ޓެކްނިކަލް މަސައްކަތް ހަމަޖެހިފައިވާ ގޮތުގެމަތީންރޭވުމާއި، ސުޕަވައިޒްކޮށް ބެލެހެއްޓުން
  • މުވައްޒަފުންނާއި ގުޅުންހުރި ކަންތައްތައް ހަމަޖެހިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ހިންގުމާއި، މުވައްޒަފުންގެ ރެކޯރޑްސް ބެލެހެއްޓުން
  • ބިލްތަކަށް ފައިސާބަލައިގަތުން ކަންކަން ބަލާ މޮނިޓަރ ކުރުން
  • ކުންފުނިން ހަމަޖައްސާފައިވާ ގޮތުގެމަތިން ބޭންކަށް ފައިސާ ޖަމާކުރުމާއި އަދި އެއާގުޅޭ ލިޔުންތަށް ޤަވާއިދުން ބަލަހައްޓައި ސުޕަވައިޒްކުރުން
  • ޕެޓީކޭޝް ފައިސާ ރެކޯޑްސް ބަލަހައްޓައި ސުޕަވައިޒްކުރުން
  • ކަރަންޓުލުމަށް އެދޭތަންތަން ސާރވޭކޮށް ލިސްޓް ނެގުމާއި، މަގުކޮންނަ ތަންތަން ބެލެހެއްޓުމާއި، ކަރަންޓް ގުޅައިދިނުމާއި، މީޓަރ ޓެސްޓްކުރުމާއި، މީޓަރބޯޑް ބަދަލުކުރުމާއި، މީޓަރ ބަދަލުކުރުމާއި، ވަޔަރު ޓެސްޓްކުރުމާއި، ކަރަންޓް ކެނޑުމާއި، އަދި މިނޫނަސް އިލެކްޓްރިކަލް ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ރާވާ ހިންގާ އެ މަސައްކަތްތަކުގައި ބައިވެރިވުން.
  • ތަނަކުން ކަރަންޓް ނެތިގެން އަންގައިފިނަމަ ހަމަޖެހިފައިވާ ގޮތެއްގެމަތިން އެކަމެއް ޙައްލުކުރުން. އަދި ދޭތެރެ ދޭތެރެއިން ކޮންމެވެސް އެއް މުވައްޒަފަކު ގޯތިތެރެއަށް ނިކުމެ ގޯތިތެރެ ބަލަހައްޓުމުން ގެންދާކަން ކަށަވަރުކުރުން.
  • އިންޖީނުތައް ހިންގުމަށާއި އެހެނިހެން ކަންކަމަށް ބޭނުންވާ ތެލާއި އެހެނިހެންތަކެތި ބޭނުންވާ މިންވަރަށް ހުރިކަން ބަލާ ކަށަވަރުކުރުން.
  • އިންޖީނުތަކަށް ބޭނުންވާ ޑީސެލް، އަޑީތެޔޮ، ސްޕެއަރ ޕާރޓްސް، ޓޫލްސް އަދި ތަނަށްބޭނުންވާ އެހެނިހެންމުދާ ބޭނުންވާ މިންވަރަށްވުރެ އިތުރު ނުވާނެ ގޮތުގެމަތިން ހޯދައި ބެލެހެއްޓުމާއި، ހޭދަ ކުރުމުގެ ކަންތައް ޤަވާއިދުން ހިންގުން.
  • އިންޖީނުތަކާއި ޕެނަލްތަކަށް ދިމާވާ މައްސަލަތައްބަލާ ޙައްލުކުރުމުގެ ގޮތުން މަސައްކަތްކޮށް، އިންޖީނުތަކާއި ޕެނަލްތަކުގައި ހިމެނޭ އެންމެހާ ތަކެއްޗެއް، އާލާތްތައް ސާރވިސްކުރުމާއި މެއިންޓެއިންކޮށް ބެލެހެއްޓުމާބެހޭގޮތުން ކުރަންޖެހޭ ހުރިހާކަމެއް ކުރުން.
  • ޑިއުޓީގައި ލޮގުނަގާ ޝީޓްތައް ފުރިހަމަކޮށް ލޯޑްގްރާފްކުރަހާ ރެކޯރޑްތައް ފުރިހަމަކޮށްފައިވާކަން ބަލާ ކަށަވަރުކުރުން.
  • ދުވަހުން ދުވަހަށް އެއްވެސް މައްސަލައެއް ދިމާވެފައިވޭތޯ ބެލުމާއި އެހެނިހެން ކަންތައްތައް ޗެކްކޮށް އަދި ޓޫލްސްއާއި އެފަދަ ތަކެތި ހަމަތޯބަލާ ޗެކްކުރުމާއި، އަދި ޑިއުޓީގައި އާދަޔާޚިލާފްކަމެއް ދިމާވެފައިވާނަމަ އިސްކޮށް ހުންނަ ފަރާތަށް އެކަން އަންގާ ޙަވާލުވާ ޝިފްޓަށް އެކަމެއް އޮޅުންފިލުވައިދިނުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

19 މާރިޗު 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ އދ. މަހިބަދޫ އިންޖީނުގެ އަށް 19 މާރިޗު 2024 ވަނަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

04 ރަމަޟާން 1445

14 މާރިޗު 2024

14 މާރިޗު 2024
ހޯދާ