އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަކާ ނުލައި ޅ. ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމާ ގުޅިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާ ކުރުން

ނޫސްބަޔާން

ތިމާވެށީގެ ގޮތުން ނިންމިގޮތުގެ ލިޔުން ހޯދުމަކާ ނުލައި ޅ. ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫޢު ކުރިއަށްގެންދިއުމާ ގުޅިގެން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާ ކުރުން

ޅ. ހިންނަވަރުގެ މަގު ހެދުމާއި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ ގޮތުން މި އެޖެންސީއިން ފާސްކޮށްފައިވާ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި އޭޕްރިލް 2023 ގައި މަސައްކަތްކުރުމާއި ގުޅިގެން އެ މައްސަލަ މި އެޖެންސީން ބަލައި އެ މައްސަލައާ ގުޅިގެން އެއްކުރެވުނު މަޢުލޫމާތުންނާއި، އެ މިނިސްޓްރީއާ މި އެޖެންސީއާއި އެ މަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑް ޑެވޮލަޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް ޅ. ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކޮށްފައިވާކަން މި އެޖެންސީއަށްވަނީ ޔަޤީންކުރެވިފައެވެ.

އެހެންކަމުން، ޅ. ހިންނަވަރުގެ މަގުހެދުމުގެ މަޝްރޫޢުގެ އީ.އައި.އޭ އާއި ޚިލާފަށް، އީ.އައި.އޭ ގައިވާ ކޮންސެޕްޓުގައި ހިމެނިފައިނުވާ މަގުތަކުގައި މަސައްކަތްކުރުމާ ގުޅިގެން، އެ މަސައްކަތުގެ އެދިޔާރަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ކަމުގައިވާތީ، ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) ގެ 20 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އެ ގަވާއިދުގެ ޖަދުވަލު (ޖ) ގެ ދަށުން 200,000/-ރ. (ދެލައްކަ ދިވެހިރުފިޔާ) އިން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ވަނީ 12 މާރިޗް 2024 ގައި ޖޫރިމަނާކޮށް، 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާގެ ފައިސާ މި އެޖެންސީއަށް ދެއްކުމަށް އެންގިފައެވެ.

 

14 މާރިޗު 2024
ހޯދާ