މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

          ނ. ވެލިދޫ " ހީރާވިލާ " ގޯތީގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

  • 4 ބުޑު ކޮންކްރީޓް (1350mm x 800mm x 250mm ގެ) ނަގައި އުކާލުން
  • 4 ތަނބު (10' x 200mm x 200mm ގެ) ކަނޑައި އުކާލުން
  • 40 ފޫޓް ފައުންޑޭޝަން (350mm x 200mm ގެ) ކަނޑައި އުކާލުން
  • 480 އަކަފޫޓުގެ ފާރު ތަޅައި އުކާލުން
  • 4 ބުޑު ކޮންކްރީޓްކުރުން (1350mm x 800mm x 250mm ގެ، 10mm ދަގަނޑުން 150mm ން ނެޓް ބަނދެގެން)
  • 4 ކޮލަމް (ތަނބު) ކޮންކްރީޓްކުރުން (10' × x 200mm x 200 ގެ،  12mm ގެ 4 ދަގަނޑުލައި 150mm ން ރިންގް އަޅުވައިގެން)
  • 42 ފޫޓު ފައުންޑޭޝަން ކޮންކްރީޓްކުރުން (350mm x 200mm ގެ، 12mm ގެ 6 ދަގަނޑުލައިގެން، 150mm ން ރިންގް އަޅުވައިގެން)
  • 480 އަކަފޫޓު ރޭނުން (5" ގެ އެޅިގަލުން)
  • 480 އަކަފޫޓު ސިމެންތިޖެހުން (10mm ރަފްކޯޓު ޖެހުމަށްފަހު، 10mm ބޯމިނުގައި ރާއްޖެވެލިން ސިމެންތިޖެހުން)

 

           މިކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

          ވީމާ، މިސައްކަތްކުރުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 25 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

          މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

14 މާރިޗު 2024
ހޯދާ