ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖޫން 2015 ގައި ފެށުމަށް ހަމަޖެހިފައިވާ 2 ކޯހަކާބޭހޭ

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖޫން 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ދެ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނަން ފަށްޓާނީ 7 މޭ 2015 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1- އެޑްވާންސްޑް ސެޓްފިކެޓް އިން އެޑިޔުކޭޝަން

މުއްދަތު: 1 އަހަރު (2 ސިމެސްޓަރ)

ޖާގަ: 220 (ޖުމްލަ)

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ- ބްލޮކްމޯޑް (60 ޖާގަ)، ސ.ހިތަދޫ- ފުލްޓައިމް (50 ޖާގަ)، ގދ.ތިނަދޫ- ބްލޮކްމޯޑް (30 ޖާގަ)، ހދ.ކުޅުދުއްފުށި- ފުލްޓައިމް (50 ޖާގަ)، ލ.ގަން- ބްލޮކްމޯޑް (30 ޖާގަ)

ތަޢާރަފް:

އެޑްވާންސްޑް ސެޓްފިކެޓް އިން އެޑިޔުކޭޝަން މި ކޯހަކީ ފެކަލްޓީ އޮފް އެޑިޔުކޭޝަން ގައި ހިންގާ ބެޗްލަރ އޮފް އެޑިޔުކޭޝަން ޕްރައިމަރީ (އޮނަރސް)، ބެޗްލަރ އޮފް އެޑިޔުކޭޝަން އާރލީ ޗައިލްޑްހުޑް (އޮނަރސް)، ބެޗްލަރ އޮފް އެޑިޔުކޭޝަން (އޮނަރސް) ޕްރައިމަރީ، ސްޕެޝަލް އެޑިޔުކޭޝަން އަދި ބެޗްލަރ އޮފް އެޑިޔުކޭޝަން ހެލްތް އެންޑް ފިޒިކަލް އެޑިޔުކޭޝަން (އޮނަރސް)މި ކޯސްތަކަށް ކުދިން ތަމްރީން ކުރުމަށް އަމާޒުކޮށް ހިންގާ އެއް އަހަރު ދުވަހުގެ އެޑްވާންސްޑް ސެޓްފިކެޓް ކޯހެކެވެ. މި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މަތީގައިވާ ޑިގްރީ ޕްރޮގްރާމްތަކަށް ވަނުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

 

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން.

ށ- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިޔު.އޭ) ޤަބޫލުކުރާ 3 ވަނަ ދަރަޖަގައި ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ނ- އުމުރުން 18 އަހަރުވުމާއެކު ގްރޭޑް 7 ފުރިހަމަކޮށްފައިވުން އަދި 1 އަހަރު ދުވަހު މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

2- ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (މެތަމެޓިކްސް)

މުއްދަތު:  4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ކ.މާލެ، ފުލްޓައިމް-ހަވީރު ދަންފަޅި

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ.ހިސާބު ހިމެނޭގޮތަށް އޭ ލެވެލް/އެޗް.އެސް.ސީ އިމްތިޙާނުތަކުން 2 މާއްދާއިން ފާސްވެފައިވުން އަދި ޖީ.ސީ.އީ އޯ ލެވެލް/އެސް.އެސް.ސީ އިމްތިޙާނުތަކުން، 3 މާއްދާއިން ފާސްވެފައިވުން. އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

ށ.ހިސާބު ހިމެނޭގޮތަށް ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ/އެޑްވާންސްޑް ޑިޕްލޮމާ އޮފް ޓީޗިންގ ސެކަންޑަރީ ކޯހަށް އަމާޒު ކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ.ހިސާބު ކިޔަވާދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 5 ގެ ސަނަދެއް އޮތުމާއެކު އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

ރ.ހިސާބު ކިޔަވާދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު، ސްކޫލެއްގައި ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން. ނުވަތަ

ބ.ކިޔަވައި ދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ސަނަދެއް އޮތުމާއެކު ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން.

ޅ.އުމުރުން 25 އަހަރުވުމާއެކު ޖީ.ސީ.އީ އޯލެވެލް 1 މާއްދާއިން ފާސްވެފައިވުން އަދި 5 އަހަރު ދުވަހު ޘާނަވީ ލެވެލްގައި ކިޔަވާދިނުމުގެ ތަޖްރިބާ ލިބިފައިވުން އަދި އިނގިރޭސި ބަހުގެ ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރެއްގެ ފާހެއް އޮތުން ނުވަތަ ޔުނިވަރސިޓީންދޭ އިނގިރޭސި ބަހުގެ ޓެސްޓުން ފާސްވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖްރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއި އެކު ހުށަހަޅަންވާނެއެވެ.

15 އޭޕްރިލް 2015
ހޯދާ