ޖަމާލުއްދީން ސްކޫލް
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ އިނާމު ހޯދުން

    

ބީލަން ހުށަހެޅުމުގެ ދަޢުވަތު 

1- މި ސްކޫލުގެ 2023 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ތަކެތި މި ސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2-  މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 13 މާރިޗު 2024 އިން  20 މާރިޗު 2024 ތިރިގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ދެންނެވީމެވެ.  ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

3-  ލިންކް: https://forms.gle/zp3eNrNeV9R6r8WJ6

4- މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި ސްކޫލްގައެވެ. މި ބައްދަލުވުމުގައި އިނާމު ދިނުމުގެ ޖަލްސާއަށް ސްކޫލުން ބޭނުންވާ ތަކެތީގެ ނަމޫނާ ދައްކާލެވޭނެއެވެ.

5-  ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  28 މާރިޗު 2024 ވަނަ ދުވަހުގެ 10:00 ގައި ޖަމާލުއްދީން ސްކޫލް ގައެވެ.

6-  މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

7-  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ޖަމާލުއްދީން ސްކޫލް

ރަށްދެބައި މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3324413

އީ-މެއިލް: [email protected]

13 މާރިޗު 2024
ހޯދާ