މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
މަދްރަސަތުލް އިފްތިތާޙު ދަނާލުގައި އުފެދޭ ކުނި ކުނިކޮށްޓަށް އުކާލަދިނުމުގެ މަސައްކަތް

         

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މަދްރަސަތުލް އިފްތިތާޙުދަނާލުގައި އުފެދޭ ކުނި ކުނިކޮށްޓަށް އުކާލަދިނުމުގެ މަސައްކަތް

  1. މަދްރަސަތުލް އިފްތިތާޙުގެ ދަނާލުގައި އުފެދޭ ކުނި ކުނިކޮށްޓަށް އުކާލަދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
  3. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 މާރިޗް 14 ން 2024 މާރޗް 21 ގެ ނިޔަލަށް  މަދްރަސާއަށް ދުރުވެ ނުވަތަ ފޯނުން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ  2024 މާރޗް 21 ވަނަ ދުވަހުގެ 09:00 ގެ ކުރިން މި އިޢުލާނުގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް ނުވަތަ ފޯނު މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 މާރޗް 21 ވަނަ ދުވަހުގެ 11:00 ގައި މިމަދްރަސާގެ މީޓިންގ ރޫމްގައެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2024 މާރޗް 24 ވަނަ ދުވަހުގެ 11:00 ގައި މަދްރަސަތުލް އިފްތިތާޙުގެ މީޓިންގ ރޫމް ގައެވެ.
  7. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
  8. މިޕްރޮޖެކްޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  9. މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު

10. ފޯން: 6620288

އީމެއިލް: [email protected]

13 މާރިޗު 2024
ހޯދާ