ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ މޭ / ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސް.އެސް..ސީ އަދި އައިޖީސީއެސްއީ އިމްތިޙާނުގެ ހަޔަރ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރުމާއި ގުޅޭ:

އިޢުލާން

2024 ވަނަ އަހަރުގެ މޭ / ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސް.އެސް..ސީ އަދި އައިޖީސީއެސްއީ އިމްތިޙާނުގެ ހަޔަރ ލޭޓް އެންޓްރީ އެޕްލިކޭޝަން ދޫކުރުމާއި ގުޅޭ:

2024 ވަނަ އަހަރުގެ މޭ / ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އެސް.އެސް..ސީ އަދި އައިޖީސީއެސްއީ އިމްތިޙާނުގެ ހަޔަރ ލޭޓް އެންޓްރީ އެޕްލިކޭޝަން މި ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ދޫކުރުމާއި ފައިސާ ބަލައިގަތުން 2024 މާރިޗު 13 ވާ ބުދަ ދުވަހުގެ ހެނދުނު 09:30 އިން ފެށިގެން 2024 މާރިޗު 26 ވާ އަންގާރަ ދުވަހުގެ 12:30ގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

މި ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް އެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv  އިން ލިބެން ހުންނާނެއެވެ. އޮންލައިން ކޮށް އެޕްލިކޭޝަން ހުށައަޅާނަމަ މެއިލް ކުރާނީ [email protected]  އަށެވެ. އަދި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ.

ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުން އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0930 ން 1230 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.

12 މާރިޗު 2024
ހޯދާ