އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަން ހުށައެޅުމުގެ ދައުވަތު

ބީލަން ހުށައެޅުމުގެ ދައުވަތު

  1. އދ. ފެންފުށީ ކައުންސިލް އިދާރާގެ 2023ވަނަ އަހަރުގެ މާލީ ބަޔާން އަދި 2023 އިންޓަރނަލް އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
  1. މާލީ ބަޔާން އަދި އިންޓަރނަލް އޯޑިޓް ތައްޔާރުކުރުމަށް  ބިޑް ހުށަހަޅާ ފާމަކީ ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓް ކުރުމާއި އެޝުއަރެންސްގެ ޚިދުމަތް ދިނުމުގެ ގަވާއިދު (ނަންބަރ: (2021-R3ދަށުން ދިވެހިރާއްޖޭގެ ޤާނޫނީ އޮޑިޓް ކުރުމާއި އެޝުއަރެންސް ޚިދުމަތް ދިނުމުގެ ލައިސެންސް އޮންނަ ފާމެއް ކަމުގައި ވާންވާނެއެވެ.
  2. އޮޑިޓް ފާމަކީ ކައުންސިލްތަކުގެ އޮޑިޓު ކުރުމުގެ ތަޖުރިބާ ހުރި ފާމަކަށް ވާންނާނެވެ.
  3. އޮޑިޓު ކުރުމަށް ހުށަހަޅާ ފާމް ތަކުގެ ތެރެއިން ފާމުގެ ޕާޓްނަރުންގެ ތެރެއިން ޕާޓްނަރުންނަކީ ދިވެހި ރައްޔިތެއް ކަމުގައިވާނަމަ އެފަދަ ފާމްތަކަށް އިސްކަން ދެވޭނެވެ.
  4. މީގެ އިތުރުން އޮޑިޓްކުރަން ހުށަހަޅާ ފާމަކީ، އެ ފާމެއްގައި

ISQC 1-“Quality Controls for Firms that Perform Audits and Reviews of Financial Statements, and Other Assurance and Related Services Engagements” 

އިމްޕްލިމެންޓް ކޮށްފައިވާ ފާމަކަށް ވާންވާނެއެވެ.

  1. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މިއިއުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކުރެއްވުމަށްފަހު ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަންބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަންބަރު ލިބުމުންނެވެ.
  2. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުގެ ތާރީހަކީ 18 މާޗް 2024ވާ ހޯމަ ދުވަހު 12:00އެވެ. ބީލަމުގައި ރަޖިސްޓްރީ ވުމަށް ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެވާހަކަ ބީލަންވެރިންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
  3. މައުލޫމާތު ދިނުމުގެ ބައްދަލުވުން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
  4. ބީލަން ހުޅުވުން އޮންނާނީ 21 މާޗް 2024ވާ ބުރާސްފަތި ދުވަހު 11:00ގައި މިކައުންސިލްގެ މީޓިންރޫމްގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ހުޅުވަން ކަނޑައެޅިފައިވާ ވަގުތާއި ތާރީޚް އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  5. މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާ ބީލަންތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިވެލުއޭޓް ކުރެވޭ ކްރައިޓީރިއާތައް ބީލަމުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާނެއެވެ.
  6. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދި ފޯމް ހުށައަޅައި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮއްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  7. މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 19 މާޗް 2024ވާ އަންގާރަ ދުހުގެ 12:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރައްވަންވާނެއެވެ.

 

އދ. ފެންފުށީ ކައުންސިލްގެ އިދާރާ

އަމީނީމަގު، ފެންފުށި

ފޯން: 6680539

އީމެއިލް: [email protected]

Cc: [email protected]

 

12 މާރިޗު 2024
ހޯދާ