އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައި ގަތުުން

1445 ވަނަ  އަހަރުގެ ފިޠުރު  ޒަކާތް   ބަލައި  ގަތުމަށް  ހަމަޖެހިފައިވަނީ 02  ރަމަޟާން 1445 ( 12 މާރިޗް 2024 ) އިން ފެށިގެން 27 ރަމަޟާން 1445 ( 06 އޭޕްރިލް 2024 ) ވާ ހޮނިހިރު ދުވަހުގެ ރޭ 00:00 ގެ ނިޔަލަށެވެ. މިތާރީޚްގެ ފަހުން ޓްރާންސްފާރކުރާ ފައިސާ، އެއީ ޞަދަޤާތު ފައިސާގެ ގޮތުގައި ބެލެވޭނެއެވެ.

          ފިޠުރު ޒަކާތް ނެރޭނީ، ގޮވާމުގެ ބާވަތްތަކުގެ ގޮތުގައި މިއިދާރާއިން އާއްމުކުރާ ރޭޓުތަކުގެ އަގަށްވާ ފައިސާ އިންނެވެ.

 ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އޮންލައިންކޮށް ކަމަށްވާތީވެ ފައިސާ ދައްކާ ފަރާތްތަކުން ތިރީގައި މިދަންނަވާ އެކައުންޓަށް ފައިސާ ޓްރާންސްފާރ ކުރެއްވުމަށްފަހު ޓްރާންސްފާރކުރި ސްލިޕް ފޮނުއްވައި ދެއްވުން އެދެމެވެ. ފައިސާ ޓްރާންސްފަރ ކުރުމަށްފަހު ސްލިޕް ވައިބަރ ކުރައްވާ އިރު ( ޒަކާތް ދެއްކި ގޭގެ ނަން ، މީހުންގެ އަދަދު ، ދެއްކިބާވަތް އަދި ދެއްކި ފަރާތުގެ ނަން ) އެނގޭ ގޮތައް ތަފްޞީލް ލިޔުއްވަން ވާނެއެވެ.

އެކައުންޓް ނަމްބަރު: 7722700488001

އެކައުންޓް ނަން:   1397 REVENUE 1

ވައިބަރ ނަމްބަރު:  7366888

ބާވަތް

ރޭޓް ( މީހަކަށް ދައްކަންޖެހޭވަރު )

އާދައިގެ ހަނޑޫ

12  ( ބާރަ ރުފިޔާ )

ތައިލެންޑް ހުދު ހަނޑޫ

70  ( ހަތްދިހަ ރުފިޔާ )

ރަތް ހަނޑޫ

80  ( އައްޑިހަ ރުފިޔާ )

ބާސްމަތީ ހަނޑޫ ( އާދައިގެ )

70  ( ހަތްދިހަ ރުފިޔާ )

ބާސްމަތީ ހަނޑޫ ( މޮޅު )

100 ( ސަތޭކަ ރުފިޔާ )

ބާސްމަތީ ހަނޑޫ ( އެންމެ މޮޅު )

125 ( ސަތޭކަ ފަންސަވީސްރުފިޔާ )

އާދައިގެ ފުއް

10  ( ދިހަ ރުފިޔާ )

އާޓާ ފުއް

75  ( ހަތްދިހަ ފަސްރުފިޔާ )

12 މާރިޗު 2024
ހޯދާ