ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ގުޅޭ

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2 ރަމަޟާން 1445  ވަނަ ދުވަހުން ފެށިގެން 28 ރަމަޟާން1445 ވަނަ ދުވަހުގެ  ނިޔަލަށްށެވެ.  ފިޠުރު ޒަކާތް ބަލައިގަންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9.30 ން 12.30 ހާއި ދެމެދު އޮންލައިންކޮށް ނާއި ، މި ކައުންސިލް އިދާރާއަށް ދުރުވެގެންނެވެ.

          ޒަކާތް ދައްކަވަން ދުރުވާއިރު ދައްކަވަން ޖެހޭ ޢަދަދަށް ފައިސާ މާރު ކުރައްވައިގެން ދުރުވުން އެދެމެވެ. ފިޠުރު ޒަކާތަށް ދައްކަވަންޖެހޭ މިންވަރަކީ މީހަކަށް 2.4 ކިލޯގެ ގޮވާމުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރު ތެރޭގައި އާންމުކޮށް ކައި އުޅުނު ބާވަތްތަކުން  ( ގޮވާމުން) 2.4 ކިލޯގެ މިންވަރުގެ އެއަދަދަށްވާ  ނަގުދު ފައިސާއެވެ. އަދި މިއަހަރުގެ ރަމަޟާން މަހުގެ ފަހުދިހައިގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ކަނޑައަޅުއްވާފައިވާތީ، މި އަހަރުގެ ރަމަޟާން މަހު އިދާރާއިން ޒަކާތް ބަލައި ގަތުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތުތައް ތިރީގައި އެވަނީއެވެ.

 

 

#

   ތާރީޚް

ދުވަސް

   ގަޑި

1

12މާރިޗު 2024-28މާރިޗު 2024

ރަސްމީބަންދުނޫން ކޮންމެދުވަހަކު

9.30ން12.30އަށް

2

31މާރިޗު 2024-07އޭޕްރީލް2024

ހުކުރުހޮނިހިރުދުވަސްފިޔަވާކޮންމެދުވަހަކު

10.00ން13.00އަށް

 

1445ވަނަ އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު.

 

#

  ބާވަތް

 ފައިސާގެ ޢަދަދު

1

 އާދައިގެ ހަނޑޫ

   12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

   70 ރުފިޔާ

3

 ރަތް ހަނޑޫ

   80 ރުފިޔާ

4

 ބާސްމަތީ ހަނޑޫ ( އާދައިގެ)

   70 ރުފިޔާ

5

 ބާސްމަތީ ހަނޑޫ ( މޮޅު )

   100 ރުފިޔާ

6

 ބާސްމަތީ ހަނޑޫ (އެންމެމޮޅު )

   125 ރުފިޔާ

7

 އާދައިގެ ފުށް

   10 ރުފިޔާ

8

 އާޓާ ފުށް

   75 ރުފިޔާ

 

         އޮންލައިންކޮށް ފިޠުރު ޒަކާތް ދައްކަވާ ފަރާތްތަކުން ޒަކާތުގެ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ ކައުންސިލް އިދާރާގެ ތިރީގައި މިވާ ބީ.އެމް.އެލް. އެކައުންޓަށް ކަމުގައި ދެންނެވީމެވެ.

އެކައުންޓް ނަމްބަރު: 7714700430004

އެކައުންޓް ނަން:  1294 KHARADHU 2

       ފިޠުރު ޒަކާތުގެ ފައިސާ ޖަމާކުރި / ޓްރާންސްފަރ ކުރި ސްލިޕް އެމީހަކު 7930016 މިނަމްބަރަށް ވައިބަރ އިން  ފޮނުވައިދެއްވުން އެދެމެވެ. އަދި ސްލިޕްގެ

ރިމާކްސް ގައި ޒަކާތުގެ ގޮތުގައި ފައިސާ ދެއްކެވި މީހުންގެ އަދަދާއި، ރޭޓް އަދި ފައިސާ ދެއްކި ފަރާތުގެ ނަމާއި އެޑްރެސް ލިޔުއްވުމަށްފަހު ފޮނުވައި ދެއްވުން އެދި ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

29 ޝައުބާން   1445

                               10 މާރިޗު    2024

10 މާރިޗު 2024
ހޯދާ