މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/15 އަދި (IUL)14-E1/1/2024/16 (01 ފެބުރުވަރީ 2024) އިޢުލާނާއި ގުޅޭ

 މި އޮފީހުގެ ނަންބަރު: (IUL)14-E1/1/2024/15  އަދި (IUL)14-E1/1/2024/16 (01 ފެބުރުވަރީ 2024) އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

 ހަވާލާދީފައިވާ އިޢުލާނުތަކުގައި ދެންނެވިފައިވާ އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުން އަދި ސަޕޯޓް ސަރވިސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓެޓަސް، މި އޮފީހުގެ ވެބްސައިޓު (www.customs.gov.mv) ގެ ހޯމް ޕޭޖްގެ "ރެކްރޫޓްމަންޓް ސްޓެޓަސް" އިން ބެލެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އަދި ދަންނަވަމެވެ. އެސިސްޓެންޓް ކަސްޓަމްސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން %50 އަށް ވުރެ މަތިން ތަޢުލީމީ ބައިން މާކްސް ލިބިގެން އިމްތިޙާނަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބާއްވާ އިމްތިޙާނާއި، ސަޕޯޓް ސަރވިސް އޮފިސަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ބޭސިކް ފިޒިކަލް ފިޓްނެސް ޓެސްޓަށް ޝޯޓްލިސްޓް ކުރެވިފައިވާ ފަރާތްތަކަށް ޓެސްޓު ބާއްވާނެ ތާރީޚާއި ތަންތަނުގެ މައުލޫމާތު އެފަރާތްތަކަށް ފަހުން އަންގާނެ ކަމުގައި ދަންނަވަމެވެ.

 މިހާރު އާންމުކުރެވިފައިވާ މައުލޫމާތާބެހޭގޮތުން އެއްވެސް ޝަކުވާއެއް ނުވަތަ ކަމެއް ސާފުކުރަން ބޭނުންވާނަމަ، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ވަޒީފާއަށް ކުރިމަތިލީ ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑް ނަންބަރާއި  ގުޅޭނެ ފޯނު ނަންބަރު އަދި ކުރިމަތިލީ މަޤާމު އެނގޭނެހެން އީމެއިލްކުރެއްވުން އެދެމެވެ. އީމެއިލް ކުރުމުގެ ސުންގަޑިއަކީ 2024 މާރިޗު 12 ވަނަ ދުވަހުގެ 14:00 އެވެ.

10 މާރިޗު 2024
ހޯދާ