ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

1445 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމާއި ގުޅޭ

1445 ވަނައަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 12 މާރިޗު 2024 ވާ އަންގާރަ ދުވަހުން ފެށިގެން 28 މާރިޗު 2024 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 12:30 އަށް އަދި 31 މާރިޗު 2024 އިން 08 އޭޕްރީލް 2024 އަށް އަދި ހުކުރު، ހޮނިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މި އިދާރާގެ ކައުންޓަރުންނެވެ. ޒަކާތު ފައިސާ ބަލައިގަންނާނީ ނަގުދު ފައިސާއިންނެވެ. އަދި ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާއި ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެއެވެ. މިގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި މީހަކަށް ދައްކަން ޖެހޭ ފައިސާގެ ޢަދަދުގެ ތިރީގައި އެވަނީއެވެ.

ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދު

#

ބާވަތް

ފައިސާގެ ޢަދަދު

1

އާދައިގެ ހަނޑޫ

12 ރުފިޔާ

2

ތައިލެންޑް ހުދު ހަނޑޫ

70 ރުފިޔާ

3

ރަތް ހަނޑޫ

80 ރުފިޔާ

4

ބާސްމަތީ ހަނޑޫ (އާދައިގެ)

70 ރުފިޔާ

5

ބާސްމަތީ ހަނޑޫ (މޮޅު)

100 ރުފިޔާ

6

ބާސްމަތީ ހަނޑޫ (އެންމެ މޮޅު)

125 ރުފިޔާ

7

އާދައިގެ ފުއް

10 ރުފިޔާ

8

އާޓާ ފުއް

75 ރުފިޔާ

10 މާރިޗު 2024
ހޯދާ